ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު ކަމަށް އަނެއްކާވެސް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
މިފަހަރު އެމިނިސްޓްރީގެ ކޯޑިނޭޓަރަކަށް އައްޔަން ކުރައްވާފައި ވަނީ ގއ. ވިލިނގިލީ ސިލްވަރވިލާ އިބްރާހީމް ރަޝީދެވެ.
ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު ކަމަށްވާ މުހައްމަދު މުޖުތާޒު ސޮއިކުރައްވާ އިބްރާހިމް ރަޝީދަށް ފޮނުއްވި ސިޓީގައި ބުނެފައި ވަނީ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރުގެ ދަށުން ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު ކަމަށް އިބްރާހިމް ރަޝީދު އައްޔަން ކުރައްވާފައިވާ ކަމަށެވެ.
އަލަށް އެމަޤާމަށް އައްޔަން ކުރެވުނު އިބްރާހިމް ރަޝީދަކީ ވިލިނގިލީ ޒުވާނުންގެ މަރުކަޒުގައި މީގެ ކުރިން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.