Last Updated: June 30, 19:07
Tuesday, June 30, 2026
ޚަބަރު

ރިސޯޓެއްގެ ވޯޓާވިލާއަކުން ވެއްޓި ޓޫރިސްޓަކު މަރުވެއްޖެ

އޮޅުވެލި ރިސޯޓް -

ރާއްޖޭގެ ރިސޯޓެއްގެ ވޯޓާވިލާ މަތިން މޫދަށް ވެއްޓި ފަތުރުވެރިއަކު މަރުވެއްޖެ ކަމަށް ވަގުތު އޮންލައިން އިން ރިޕޯޓް ކުރެއެވެ.

އެގޮތުން މަޢުލޫމާތު ލިބޭ ގޮތުގައި އެހާދިސާ ހިނގާފައި ވަނީ ސަން ސިޔާމް އޮޅުވެލި ރިސޯޓްގައި ރޭގެ ވަގުތެއްގައެވެ.

އަދި މަރުވެފައިވާ މީހާ އަކީ ރަޝިއާ އަށް ނިސްބަތްވާ ފިރިހެނެއް ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

އޭނާ މޫދަށް ވެއްޓުނު އިރު އޭނާގެ އަނބިމީހާ ވެސް ކައިރީގައި ހުރި ކަމަށާއި، ފިރިމީހާ މޫދަށް ވެއްޓުނުތަން ފެނިފައި އަނބިމީހާ ވެސް ވަނީ މޫދަށް ފުންމާލާފައި ކަމަށް ވަގުތު އޮންލައިން އިން ރިޕޯޓް ކުރެއެވެ.

އެދެމަފިރިން ސަލާމަތް ކުރުމަށްޓަކައި ރިސޯޓްގެ މުވައްޒަފުން ވަނީ މޫދަށް އެރި އެދެމީހުން މޫދުން ނަގާފައެވެ. އަދި މޫދުން ނެގި އިރުވެސް ފިރިހެން މީހާ އޮތީ މަރުވެފައި ކަމަށް މަޢުލޫމާތު ލިބެއެވެ.

އެފިރިހެން މީހާ މޫދަށް ވެއްޓުނީ ކަމެއް ނުވަތަ ގަސްދުގައި ފުންމާލީ ކަމެއް އަދި އެނގިފައި ނުވިނަމަވެސް އޭނާގެ އަންހެނުން ބުނާ ގޮތުގައި އޭނާ މޫދަށް ވެއްޓުނީއެވެ. އެކަމަކު ފިރިހެން މީހާ މޫދަށް ވެއްޓުނު ސަބަބެއް އަދި މިހާތަނަށް އެނގިފައި ނުވެއެވެ.