ފޭދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހިމް ދީދީ އަކީ، ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ ތެރެއިން ވެސް އެންމެ ވަރުގަދައަށް ސަރުކާރުގެ ދިފާޢުގައި ވާހަކަ ދައްކަވާ އެއް ބޭފުޅެކެވެ. ސަރުކާރުގެ ސިޔާސަތު ދިފާޢުކޮށް ޓީވީ ޗެނަލްތަކުގައި އައިބީ ދައްކަވާ ވާހަކަތަކުގެ ސަބަބުން އެބޭފުޅާ އަކީ، ޕީޕީއެމްގެ ބައެއް މަޖިލިސް މެންބަރުންގެ ނަޒަރުގައި "ސްޕީކަރ" އެވެ.
ވީޓީވީ އިން ގެނެސްދިން ޕްރޮގްރާމެއްގައި ވަރަށް ޖޯޝާއި އެކު ވާހަކަ ދައްކަވަމުން އައިބީ ވަނީ ސަރުކާރަށް ހުޝާމަދުކޮށް ވާހަކަ ދައްކާފައެވެ. އެވާހަކަ ތަކުގެ ތެރެއިން އެންމެ ފާހަގަ ވެގެންދިޔައީ، ސަރުކާރަށް 3 އަހަރު ވެގެން ދާއިރު، އެއް ލައްކަ ވަޒީފާ އުފެދިގެން ދާނެ ކަމަށް ވިދާޅުވި ވާހަކައެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް 3 އަހަރު ފުރިގެން "ހަބޭސް 3" ނަމުގައި ތަފާތު ހަރަކާތްތައް ބާއްވާފައި ވެއެވެ. އެގޮތުން "ހަބޭސް 3" ގެ ނަމުގައި މާލޭގެ އަލިމަސް ކާނިވާ ސަރަހައްދުގައި ޖަލްސާއެއް ވެސް ބާއްވާފައި ވެއެވެ.
އެ ޖަލްސާގައި އިބްރާހިމް ދީދީގެ އިތުރުން ފޭދޫގައި ތިބި ޕީޕީއެމްގެ މެންބަރުން ވެސް ބައިވެރިވެފައިވެއެވެ. އަދި ޖަލްސާގައި ހުންނަވައި ސެލްފީ ނެންގެވުމަށް ފަހު އައިބީ ޓްވީޓް ވެސް ކުރައްވާފައިވެއެވެ.
#Raees Yameen ge kaamiyaab 3 aharu hama #Habeys HA. Thuraakunun feshigen Adfu City Feydhoo aai hamayah Habeys. pic.twitter.com/MPqPl5MBqQ
— Ibrahim Didi (@mp_ibdidi) November 28, 2016
ތަފާތު މޮޅު ވާހަކަ ދައްކައިގެން ރައްޔިތުން ގުނބޯ ހެއްދުމަކީ، ސިޔާސީ ބޭފުޅުން އަބަދުވެސް އެންމެ ގަޔާވާ އެއް ކަންތައް ތަކެވެ. އެހެން ނަމަވެސް އެ ހުރިހާ ވާހަކަތަކެއް ރައްޔިތުން ޤަބޫލު ކުރާނެ ކަމަށް ހީފުޅުކުރެއްވުމަކީ މޮޔަ ކަމަކެވެ.