Last Updated: June 25, 23:09
Thursday, June 25, 2026
ސިޔާސީ

އެމްޑީޕީގެ ޕްރައިމަރީގައި ނަޝީދު ވާދަ ކުރައްވަނީ

އައްނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބްގައި އެމްޑީޕީގެ ޓީކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަ ކުރައްވާނެކަމަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޓެރަރިޒަމް ކުށް ސާބިތުވެ ތޭރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ނަޝީދު މި ގޮތަށް ވިދާޅުވީ ކޮލަމްބޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ އިންތިހާބްގައި ވާދަކުރައްވަން މިވަގުތު ގާނޫނީ ހުރަސްތަކެއް ހުރި ނަމަވެސް ކުރިއަށް ދުވަސްތަކުގައި އެކަންކަން ހައްލުވެގެންދާނެކަމަށެވެ.

ނަޝީދު ވިދާޅުވީ ސިޔާސީ ވެރިން ހައްޔަރުކޮށް ޖަލަށް ލުމުގެ ބަދަލުގައި ރައީސް އަބްދުﷲ ޔާމީން އިންތިހާބްގައި އެބޭފުޅުންނާއި ވާދަ ކުރެއްވުމަށެވެ. އަދި ޔާމީންއަށް ރައީސް ނަޝީދު އާއި ވާދަކުރައްވަން ކެރިވަޑައި ނުގަންނަވާނެކަމަށް ވިދާޅުވިއެވެ.

2008 ވަނަ އަހަރުގެ އިންތިހާބްގައިވެސް ނަޝީދަށް ވާދަކުރުމުގެ ފުރުސަތު ލިބިވަޑައިގަތީ ވަގުތު ކުޑަތަންވެފައިވަނިކޮށެވެ. އެހެންވެ ނަޝީދު އަދިވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެފުރުސަތު ހޯއްދެވުމަށެވެ.

ނަޝީދު ލަންކާއަށް ވަޑައިގެން ޕާޓީގެ ގައުމީ މަޖްލިސްގެ މެމްބަރުންނާއި އާއްމު މެމްބަރުންނާއި ބައްދަލުކޮށް ވަނީ އިސްލާހީ ހަރަކާތް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް އިލްތިމާސް ކުރައްވާފައެވެ.