Last Updated: March 28, 14:17
Thursday, March 28, 2024
ޓެކްނޮލޮޖީ

ގުޑްއިޔާ ކުންފުނިން 360 ކޮށް އެނބުރޭ ޓަޔަރެއް އުފައްދަނީ

އީގަލް-360 ގެ ނަމުން ނަންދީފައިވާ ޓަޔަރެއް ގުޑްއިޔާ ކުންފުނިން ހަދަން ނިންމައިފިއެވެ.

118 އަހަރުވެފައިވާ ގުޑްއިޔާ އިން އަދަޔާ ހިލާފު ޓަޔަރު ކޮންސެޕްޓެއް ނެރެފައިވާއިރު މި ޓަޔަރުގެ މަޤްސަދަކީ މަގުމަތީގައި ކާރުތަށް ދުއްވާއިރު ސަލާމަތާއި ރައްކާތެރިކުރުމަށޭ ބުންޏަސް ގިނަބަޔަކަށް ގަބޫލެއް ނުކުރެވޭނެއެވެ. ނަމަވެސް ކާރެއްގެ އެންމެ މުހިންމު އެއް ބަޔަކީ އޭގެ ޓަޔަރެވެ.

ގުޑްއިޔާ އިން އާންމު ކޮށްފައިވާ ވީޑިއޯއެއްގައި ޓަޔަރުގެ އެނިމޭޝަނެއް ދަށްކާފައިވާއިރު، އޭގައި ފެންނަނީ މިޓަޔަރު އެހެން ޓަޔަރުތަކާ ތަފާތުވާ ގޮތްތަކެވެ. އޭގެތެރެއިން އެންމެ މަޤްބޫލު އެއްކަމަކީ ކާރު ދުއްވާއިރު ވަރަށް ހިތްގައިމު ދުއްވުމަކަށް ވެގެންދާތީއެވެ.

2016 ވަނަ އަހަރު ޓައިމްސް މެގަޒިންގެ އެންމެ މޮޅު އެއް އުފެދުމަކަށް މިޓަޔަރު ވެފައިވާއިރު މީގެ ސަބަބުން ދިވެހިރާއްޖެގެ މާލެފަދަ އާބާދީ ބޮޑު، ޕާކް ސްޕޭސް ކުޑަ ތަންތަނުގައި ފަސޭހައިން ޕާކްކުރެވޭނެއެވެ. އެއީ މިހާރު އުޅޭ ޓަޔަރުތަކާ ހިލާފަށް މިޓަޔަރު ބޭނުން ކޮށްގެން ޑްރައިވަރުގެ ކަނާތް އަދި ވާތް ފަރާތަށް ސީދަލަށްދުއްވޭތީއެވެ.