Last Updated: June 30, 19:07
Tuesday, June 30, 2026
ޚަބަރު

ޕީޕީއެމް ގެ އާ އޮފީސް ރަސްމީކޮށް ހުޅުވައިފި

ޕީޕީއެމްގެ އޮފީސް ހުޅުވައިދެއްވަނީ - ފޮޓޯ: ޓްވިޓާ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އާ އޮފީސް ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ.

އެ އޮފީސް ހުންނަނީ މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ހ. ހުރަފަ ގޭގައި އެވެ.

އެ އޮފީސް ހުޅުވުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ އޮފީސް ހުޅުވައިދެއްވީ ޕީޕީއެމްގެ މުސްތަޝާރު ކަމަށްވާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް އެވެ.

ރާއްޖޭގައި މިއަދު ކޮންމެ ޓީވީ ޗެނަލް އެއް ހުޅުވި ކަމުގައިވިޔަސް ފެންނަނީ ޕީޕީއެމްގެ ޙަރަކާތްތައް ކަމަށާއި، 16 އޮކްޓޯބަރު 2016 އިން ފެށިގެން ޕާޓީގެ ޙަރަކާތްތައް އެކި އެކި ގޮތްގޮތަށް ކުރިއަށް ގެންގޮސްފައިވާ ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދު ހަލީލު ވިދާޅުވި ކަމަށް ވަގުތު އޮންލައިން އިން ރިޕޯޓް ކުރެއެވެ.

ޕީޕީއެމްގެ އޮފީސް ކުރިން ހިންގަމުން އައި ހ. ތެމްގޭގެ ކައިރީގައި ހުޅުވި އާ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި އިސްވެރިން އަދި ޕާޓީގެ އިސްވެރިންނާއި އާންމު މެމްބަރުންވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.

މިއަދުން ފެށިގެން ޕީޕީއެމްގެ ހުރިހާ އިދާރީ މަސައްކަތްތަކާއި ކެމްޕެއިންތަކުގެ މަސައްކަތް ކުރިއަށް ދާނީ މި އޮފީހުގައެވެ.

މީގެ ކުރިން ޕީޕީއެމްގެ އޮފީހެއްގެ ގޮތުގައި ހ. ތެމާގެ ބޭނުން ކުރަމުން އައިނަމަވެސް، ކޯޓުން އެޕާޓީގެ ހިންގުމުގެ މަސައްކަތް ޕީޕީއެމްގެ މުސްތަޝާރު ކަމަށްވާ ރައީސް އަބްދުﷲ ޔާމީން އާއި ހަވާލު ކުރުމަށް އަމުރު ކުރުމާއި ގުޅިގެން ކުރިން ބޭނުން ކުރި އޮފީހުގައި ހުރި ޕީޕީއެމްގެ ހުރިހާ ތަކެއްޗެއް ވަނީ އެގެއިން ހުސްކޮށްފައެވެ.

އެއަށްފަހު އެޕާޓީގެ މަސައްކަތްތައް ދަރުބާރުގޭގައި އާއި އެހެނިހެން އިމާރާތްތަކުގައި ހިންގަމުން އައިއިރު، ތެމާގެ އަކީ މިހާރު ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ އޮފީސް ހިންގަމުން އަންނަ ތަނެވެ.