ސަރްކާރް ފްރެންޗައިޒްގެ ތިންވަނަ ފިލްމް ކަމަށްވާ "ސަރްކާރް 3" ކުރިން މާޗު 17 ގައި ރިލީޒް ކުރާގޮތަށް ހަމަޖެހިގައި އޮތް ނަމަވެސް، މިހާރު އެފިލްމް ރިލީޒް ކުރާ ތާރީޚް އޭޕްރީލް މަހުގެ 7 އަށް ފަސްކޮށްފިއެވެ.
އަމީތާބް ބައްޗަން އެކްޓް ކޮށް އެލުމްބްރާ އެންޓަޓެއިންމެންޓް އިން ޕްރޮޑިއުސް ކޮށްފައިވާ މި ފިލްމް ޕްރެޒެންޓް ކުރާނީ އީރޮސް އެންޓަޓެއިންމެންޓް އިންނެވެ.
މަޝްހޫރު ޑައިރެކްޓަރު ރާމް ގޯޕާލް ވަރްމާގެ ޑައިރެކްޓް ކޮށްފައިވާ މި ފްރެންޗައިޒްގެ ފުރަތަމަ ދެފިލްމް ބޮޑު ހިޓަކަށް ވުމުން، އެސީރީސްގެ ތިންވަނަ ފިލްމަށްޓަކައިވެސް ކުރާ އުންމީދުތައް ވަރަށް ބޮޑެވެ.
"ސަރްކާރް 3" ގައި އަމީތާބް ގެ އިތުރުން ޖެކީ ޝްރޮފް، މަނޯކް ބާޖްޕާއީ، ރޯނިތު ރޯއި، ބާރަތު ޑަބޯލްކަރް އާއި ޔާމީ ގޯތަމްގެ އިތުރުން އަމިތް ސަދް ގެ އެކްޓިންވެސް ފެނިގެންދާނެއެވެ.
މިފިލްމްގެ ޝޫޓިން އަމީތާބް ފަށާފައިވާއިރު، އޭނާ ވަނީ ޓްވިޓާ މެދުވެރިކޮށް އެކަން އިއުލާންވެސް ކޮށްފައެވެ.
"ސަރްކާރް 3" މިހާރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ތާރީޚް ކަމަށްވާ އޭޕްރީލް 7 އަކީ އިއްތިފާގުން ރަމް ގޯޕާލް ވަރްމާ ގެ އުފަންދުވަސް ވެސް މެއެވެ.
Get ready to hear गोविंदा chants once again! Our epic film #Sarkar3 is all set to release on 7 April 2017. @SrBachchan @RGVzoomin pic.twitter.com/yFmIR6QH7z
— Eros Now (@ErosNow) February 8, 2017