ބޮލީވުޑްގެ މަޤްބޫލް ދެތަރިން ކަމަށްވާ ރަންބީރް ކަޕޫރް އާއި ކެޓްރީނާ ކެއިފް ގެ އެންމެ ފަހުގެ ފިލްމް "ޖައްގާ ޖާސޫސް" ގައި ޖުމްލަ 29 ލަވަ ހިމެނޭނެ ކަމަށް ޕްރީތަމް ޗަކްރަބޯތީ ބުނެފިއެވެ.
އެފިލްމްގައި ފެނިގެންދާ ގޮތުން ރަންބީރް އަކީ ވާހަކަ ދެއްކުމުގައި ދަތިތަކެއް ހުންނަ މީހެކެވެ. އޭނާއަށް ފަސޭހަކަމާއި އެކު ވާހަކަ ދެކެވެނީ އޭނާ ލަވަކިޔާ ވަގުތު ތަކުގައި އެކަނިއެވެ. އޭނާގެ އޭނާގެ އިހުސާސްތައްވެސް ބަޔާން ކުރަނީ ލަވަތަކުގެ ޒަރިއްޔާއިންނެވެ. މިފިލްމް އަކީ ހޮލީވުޑްގައި 14 އޮސްކާ އެވޯޑްގެ ނޯމިނޭޝަން ލިބިފައިވާ "ލާ ލަ ލޭންޑް" ފަދަ ފިލްމެއް ކަމަށް ޕްރީތަމް ބުނެއެވެ.
"ޖައްގާ ޖާސޫސް" އަކީ ޑައިރެކްޓަރު އަނޫރާގް ބާސޫ އާއި ޕްރީތަމް އެކުގައި އުފައްދާ ހަތަރު ވަނަ ފިލްމެވެ. މިފިލްމް ރިލީޡް ކުރުމަށް ހަމަޖެހިފައިވާ ތާރީޚަކީ މި އަހަރުގެ އޭޕްރީލް 17 ވަނަ ދުވަހުއެވެ.
މިފިލްމްގެ ޝޫޓިންގް ހީކުރިވަރަށްވުރެ ލަސްވެފައިވާއިރު، ރަންބީރް އާއި ކެޓްރީނާ ވަނީ އެކުގައި ފިލްމް ޕްރޮމޯޓް ކުރުމާއިމެދު ވެސް ދެކޮޅު ހަދާފައެވެ.