Last Updated: June 25, 23:09
Thursday, June 25, 2026
ސިޔާސީ

އެމްޑީޕީއަކަށް ދުވަހަކު ވެސް ވެރިކަމަށް ނާދެވޭނެ: ރިޔާޒު

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނަމަ އެކަން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުން ހުއްޓުވާނެކަމަށާއި އެމްޑީޕީއަށް ދުވަހަކުވެސް ރާއްޖޭގެ ވެރިކަމަށް ނާދެެވޭނެ ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ނައިބް ލީޑަރ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމްގެ އާ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރިޔާޒު ވިދާޅުވީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާ ނަމަ އެކަން ހުއްޓުވާނެ ކަމަށާއި އެކަށް ގާބިލް ޓީމެއް ރައީސް ޔާމީނާއި އެކު އެބައޮތް ކަމަށެވެ.

ރިޔާޒް ވިދާޅުވީ ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައީވެސް އެޓީމުން ކަމަށާއި، ވެރިކަމަށް އަންނަން އުޅުނަސް އެކަން ހުއްޓުވާނެކަމަށެވެ.

2012 ފެބްރުއަރީ 7 ވަނަ ދުވަހު ނަޝީދުގެ ވެރިކަން ނިމިގެން ދިޔައިރު އެވެރިކަން "ވައްޓާލުމަށް" މަސައްކަތް ކުރި ޓީމަކީ ރިޔާޒް ވިދާޅުވި ގޮތުން ވަރަށް ގާބިލް ޓީމެކެވެ.

ރިޔާޒް ވަނީ ރޭގެ ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީނަށް ހުޝާމަދުކޮށް ތައުރީފްކުރައްވާފައެވެ.