Last Updated: June 30, 19:07
Tuesday, June 30, 2026
ޚަބަރު

ފުވައްމުލަކު ކުޅީގައި ރޯކޮށްލައިފި

ފުވައްމުލަކު ދަނޑިމަގު އަވަށުގައި އޮންނަ ކުޅި ސަރަޙައްދުގައިވެސް އަލިފާން ރޯކޮށްލައިފިއެވެ.

ފުވައްމުލަކު ކުޅީގައި އަލިފާން ރޯވެފައިވާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް އަށް ލިބުނީ މިއަދު ހެނދުނު 11:45 ގައި ކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތު ދޭކަމަށް ވަގުތު އޮންލައިން އިން ރިޕޯޓް ކުރެއެވެ.

އެގޮތުން އެސަރަޙައްދުގައި ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގައި ސިފައިން ޙަރަކާތްތެރިވަމުން އަންނަ ކަމަށާއި، އާންމުން ދިރިއުޅޭ ސަރަޙައްދަށް އެ އަލިފާންގަނޑު އިތުރަށް ނުފެތުރޭނެ ގޮތަށް ކޮންޓްރޯލް ކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން މަޢުލޫމާތު ދެއެވެ.

ފުވައްމުލަކު ކުޅީގައި ރޯވި އަލިފާންގަނޑު މުޅިން އެއްކޮށް ނިވާލުމުގެ މަސައްކަތް މިހާރުވެސް އެމްއެންޑީއެފްގެ ފަޔާމަނުން ކުރަމުން އަންނަ އިރު، އެހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މަޢުލޫމާތު އަދި ނުލިބެއެވެ.