Last Updated: June 25, 23:09
Thursday, June 25, 2026
ސިޔާސީ

އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓްލުން ކުރިއަށް

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ރައީސް ނަޝީދު ވޯޓްދެއްވަނީ:-ފޮޓޯ-ރާއްޖެއެމްވީ

އެމްޑީޕީގެ ޗެއަޕާސަން ހޮވުމަށް ބާއްވާ އިންތިހާބް ރާއްޖެއާއި ރާއްޖޭން ބޭރުގައި ފަށައިގެން ކުރިއަށް އެބަދެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވެފައިވަނީ އެޕާޓީގެ ޗެއާޕާސަން އަކަށް ހުންނެވޮ އަލީ ވަހީދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ހުޅުވާލި ފުރުސަތު ހަމަވި އިރު ކުރިމަތި ލައްވާފައިވަނީ އެމްޑީޕީ ސަރުކާރުގެ ޒުވާނުންގެ މިނިސްޓަރ އަދި ރައީސް ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޒު ހަސަން ލަޠީފު އެކަންޏެވެ.

މިއަދު މެންދުރު ފަހު 2 އިން ފެށިގެން އިރު އޮއްސި 6 ޖަހަންދެން ވޯޓުލުން ކުރިއަށްދާއިރު ޗެއާޕާސަން އިންތިހާބްގައި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވޯޓު ދެއްވަވާފައެވެ. ނަޝީދު ވޯޓުލައްވާފައިވަނީ ލަންކާގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ.

އެމްޑީޕީން ބުނީ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބްގެ ވޯޓު ފޮށިތައް މުޅި ރާއްޖޭގެ މީހުން އުޅޭ ރަށްތަކުގައި ބެހެއްޓިފައިވާ ކަމަށެވެ. ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ޕާޓީގެ ދަފްތަރުން ގިނަ މެމްބަރުން ވަނީ ގާނޫނަށް ގެނައި އިސްލާހަކާއި ގުޅިގެން އިގިލީގެ ނިޝާން ނެތުމުން މަދުވެފައެވެ.