Last Updated: June 12, 02:23
Thursday, June 11, 2026
މުނިފޫހިފިލުވުން

"ވިލަން" އަށް ސިދާތު ހަމަޖައްސައިފި

މީގެ ކުރިން މުޅިން ވެސް ބަޓް ކޭމްޕަށް، އިމްރާން ހާޝިމީ ހިމަނައިގެން ފިލްމްތައް ޑައިރެކްޓް ކުރި މޯހިތު ސޫރީ ޕްރޮޑިއުސަރު އެކްތާ ކަޕޫރު ގެ ބަލާޖީ އަށް ފިލްމެއް ޑައިރެކްޓްކޮށްދޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މޯހިތު ބަލާޖީ އަށް ޑައިރެކްޓްކޮށްދޭ ފިލްމްގެ ނަމަކީ "ވިލަން" އެވެ. ފިލްމްގެ ލީޑް ރޯލަށް މިހާރު ވަނީ ކަރަން ޖޯހަރުގެ "ސްޓޫޑަންޓް އޮފް ދި ޔެއާ" އިން ތައާރަފްވި ސިދާތު މަލްއުތުރާ ހަމަޖައްސައިފަ އެވެ. އެހެން ނަމަވެސް ފިލްމްގެ ބަތަލާއަކު އަދި އިއުލާނެއް ނުކުރެ އެވެ.

މިއީ "ސްޓޫޑަންޓް އޮފް ދި ޔެއާ" އަށް ފަހު ސިދާތު ސޮއި ކުރި ދެވަނަ ފިލްމެވެ. އޭނާ މިހާރު ތައްޔާރުވަމުން އަންނަނީ ކަރަން އާއި އަނޫރާގް ކެޝަޕް ގުޅިގެން އުފައްދާ "ހަސީ ތޯ ޕަސީ" އަށް ތައްޔާރުވަމުންނެވެ. އެ ފިލްމުގައި ސިދާތު ފެނިގެން ދާނީ ޕަރިނީތީ ޗޯޕްޅާ އާ އެކުގަ އެވެ.

"ޒެހެރް" އާއި "މާޑާ 2" އަދި "ކްރޫކް" ފަދަ ފިލްމްތައް ޑައިރެކްޓްކޮށްފައިވާ މޯހިތުގެ ދެން އެންމެ އަވަހަށް ރިލީޒް ވާނީ "އާޝިގީ 2" އެވެ.