މިއަދު ހަވީރު ލ. ލިންކް ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ހަވީރު 17:45 ހާއިރު ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވި މަގުގެ އަރިމަތީގައި ޖަހާފައިވާ ހޮޅި ދަނޑިއެއްގައި ޖެހިގެންނެވެ.
އެކްސިޑެންޓްގައި މަރުވެފައިވަނީ ލ.ގަން/ތުނޑި، ރާޒް، އުމުރުން 26 އަހަރުގެ މުހައްމަދު ރިފްޝާންއެވެ. ރިފްޝާން ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް މަރުވެފައިވާކަމަށް މައުލޫމާތުލިބެއެވެ.
މިހާދިސާގައި އިތުރު މީހަކަށް އަނިޔާވެ އޭނާއަށް ދަނީ ލ. ގަމު ހޮސްޕިޓަލްގެ އިމަޖެންސީގައި ފަރުވާދެމުންނެވެ. އޭނާގެ ފަޔަށާއި ބޮލަށް ވަނީ ގެއްލުންވެފައެވެ.