Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ޕިލިޕީންސްގެ ދެކުނަށް ބާރުގަދަ ބިން ހެލުމެއް

ޕިލިޕީންސްގެ ދެކުނަށް 6.7 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެއެވެ.

ބޭރުގެ ހަބަރު ފަތުރާ ވަސީލަތްތަކުން މައުލޫމާތު ދޭ ގޮތުގައި ޕިލިޕީންސްގެ ދެކުނުގައި އޮންނަ މިންދަނާއޯ ސަރަހައްދަށް އައި ބިންހެލުމާއި ގުޅިގެން އަދި މިހާތަނަށް ސުނާމީގެ އިންޒާރެއް ނެރެފައި ނުވެއެވެ.

މިބިން ހެލުން އައިސްފައިވަނީ 10 ކިލޯމީޓަރ ބިމުގެ އަޑިންނެވެ. މި ބިންހެލުމުގެ އަސަރު އެގައުމުގެ ދެވަނައަށް އެންމެ ބޮޑު ސިޓީއަށް އިހްސާސް ކުރެވިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.