Last Updated: June 30, 19:07
Tuesday, June 30, 2026
މުނިފޫހިފިލުވުން

ޖޯޖް ކްލޫނީ އަށް އެއްމާބަނޑު ދެ ކުދިން

މަޝްހޫރު އިންސާނީ ޙައްޤުތަކާއި ބެހޭ ވަކީލު އަމާލް ކްލޫނީ އާއި އޭނާގެ ފިރިހެނުން ކަމަށްވާ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯޖް ކްލޫނީ އަށް އެއްމާބަނޑު ދެކުދިން ލިބެން އުޅޭ ކަމުގެ ވާހަކަ މެޓް ޑޭމަން ކަށަވަރު ކޮށްދީފިއެވެ.

'އެންޓަޓެއިންމެންޓް ޓުނައިޓް ކެނެޑާ' އަށް ދިން އިންޓަވިއުއެއްގައި ޑޭމަން ބުނެފައި ވަނީ ޖޯޖް ކްލޫނީ އެވާހަކަ އޭނާ ގާތު ބުނީ މިދިޔަ ޚިޒާން މޫސުމުގައި ދެމީހުން އެއްކޮށް މަސައްކަތް ކުރަން އުޅެނި ކޮށް ކަމަށެވެ.

ޖޯޖް އާއި އަމާލް ކްލޫނީ ކައިވެނި ކުރީ 2014 ވަނަ އަހަރު ވެނިސް ގައެވެ. އެދެމީހުންގެ ކައިވެނީގެ ހަފްލާގައި މަޝްހޫރު ފިލްމީ ތަރިން ބައިވެރިވިއެވެ. އޭގެ ތެރޭގައި މެޓް ޑޭމަންވެސް ހިމެނެއެވެ.

އަމާލް ބަނޑުބޮޑު ކަމުގެ ވާހަކަތައް މީޑިއާގައި ދައުރުވާން ފެށީ މިދިޔަ މަހު ގަޔަށް ދޫ ހެދުމެއް ލައިގެން ހުރި ފޮޓޯތަކެއް އާންމުވުމާއި ގުޅިގެންނެވެ.

އުމުރުން 55 އަހަރުގެ ޖޯޖް ވަނީ ގިނަ އަދަދެއްގެ ހޮލީވުޑް ފިލްމްތަކެއްގައި އެކްޓް ކޮށް ދެ އެކެޑެމީ (އޮސްކާ) އެވޯޑްވެސް ހޯދާފައެވެ.

އުމުރުން 39 އަހަރުގެ އަމާލް އަކީ ޔުކްރެއިންގެ ކުރީގެ ބޮޑު ވަޒީރާއި އޮސްޓްރޭލިއަން ވިކިލީކްސްގެ ފައުންޑަރުގެ ޤާނޫނީ ވަކީލުކަން އަދާކޮށްފައިވާ މީހެކެވެ.

އަދި އަމާލް އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައިނަލްއަޤްވާމީ ވަކީލުކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ.