ޝޫޖިތު ސްރިކާރްގެ 'ޕިންކް' ގައި ވަރުގަދަ ޕާފޯމެންސް އެއް ދިނުމަށްފަހު ބޮލީވުޑްގެ އެކްޓްރެސް ތާޕްސީ ޕައްނޫ ދެން ފެނިގެންދާނީ ފިލްމް "ނާމް ޝަބާނާ" އިންނެވެ.
ނީރަޖް ޕާންޑޭގެ ފިލްމް "ނާމް ޝަބާނާ" ގައި ތާޕްސީގެ އެކްޓިން ވަރަށް މޮޅުކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.
އެފިލްމްގެ ޓްރެއިލާ ރިލީޒް ކޮށްފައިވާއިރު، ތާޕްސީ އެފިލްމްގައި އަދާކުރަނީ ޝަބާނާގެ ރޯލެވެ. "ނާމް ޝަބާނާ" ގައި ތާޕްސީ އާއި އެކު ފިރިހެން ލީޑް އެއްގެ ގޮތުގައި ފެނިގެންދާނީ މަޤްބޫލް އެކްޓަރު އަކްޝޭ ކުމާރް އެވެ.
ޤަބޫލު ކުރެވޭ ގޮތުގައި "ނާމް ޝަބާނާ" އަކީ 2015 ވަނަ އަހަރު ރިލީޒްވި އަކްޝޭގެ ހިޓް ފިލްމް "ބޭބީ" ގެ ޕްރިކުއެލް އެކެވެ.