Last Updated: June 27, 17:04
Saturday, June 27, 2026
ޚަބަރު

ބިދޭސީއަކު ވީގޮތެއް ނޭނގި މަރުވެފައި އޮތްވާ ފެނިއްޖެ

އައްޑޫގެ ސިޓީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

ހިތަދޫގައި މަސައްކަތް ކުރާ ބިދޭސީ މީހަކު ޚަބަރެއް ނުވެގެން ބެލިއިރު މަރުވެފައި އޮތްވާ ފެނިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަފީގް ނަމަކަށް ކިޔާ މީހާއަކީ ސެކިއުރިޓީ މަސައްކަތް ކުރާ މީހެކެވެ. ރޭގައި ޑިއުޓީ ނިންމާލާފައި ނިދަން ދިއުމަށްފަހު މެންދުރު ވީއިރުވެސް ތެދުވެފައިނުވާތީ ބެލިއިރު ހަރަކާތެއް ނެތުމުން ހޮސްޕިޓަލަށް ވަނީ ގެންދެވިފައެވެ.

ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް ޝަފީގް ވަނީ ހަބަރު ހުސްވެފައެވެ. އޭނާގެ މަރުގެ ތަފްސީލެއް ހޮސްޕިޓަލުގެ ފަރާތުން ލިބޭ ގޮތް ވަނީ ނުވެފައެވެ.

ހިތަދޫ ސަންރައިސްގައި ސެކިއުރިޓީއަކަށް މަސައްކަތް ކުރި ޝަފީގް ރަށަށް ނުގޮސް ރާއްޖޭގައި މަސައްކަތް ކުރާތާ މިހާރު ވަނީ 6 އަހަރު ވެފައެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން މިކަމާއި ބެހޭގޮތުން މައުލޫމާތެއް ހޯދުމަށް ގުޅުމުން އެފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި މިފަދަ އެއްވެސް މައްސަލައެއް ޕޮލިސް ސާވިސްއަށް މިހާތަނަށް ލިބިފައިނުވެއެވެ.