Last Updated: June 27, 17:04
Saturday, June 27, 2026
ކުޅިވަރު

ޔުނައިޓެޑާއި ލިވަޕޫލް މޮޅުވެ ގަދަ ހަތަރެއްގެ ފޯރި ގަދަވެއްޖެ

ފުރަތަމަ ގޯލަށް ފަހު ފެލައިނީ އުފާ ފާޅު ކުރަނީ: ފޮޓޯ- މިރާ ފުޓްބޯލް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް، މެންޗެސްޓާ ޔުނައިޓެޑް އަދި ލިވަޕޫލް ކުޅުނު މެޗުތަކުން މޮޅުވެ ގަދަ 4 ގެ ވާދަވެރިކަން އިތުރުވެއްޖެއެވެ.

ލީގުގެ އެއްވަނައާއި ދެވަނައާއި ދޭތެރޭ 9 ޕޮއިންޓުގެ ފަރަގެއް އޮތް ނަމަވެސް ދެވަނައާއި ހަވަނައާއި ދެމެދު އޮތީ އެންމެ ދެ ޕޮއިންޓުގެ ފަރަގެކެވެ.

އާސެނަލް އަދި ހަލް ސިޓީ ބައްދަލުކުރި މެޗު 0-2 އިން އާސެނަލް މެޗު ކާމިޔާބުކޮށް 50 ޕޮއިންޓާއެކު ސްޕާސްއާއި އެއް ހަމަކޮށްފައިވެއެވެ. ސްޕާސްއަށް ރޭ ލިވަޕޫލް ބަލިކޮށް ކުރިއަށް ދިއުމުގެ ފުރުސަތު ލިބިފައި އޮތްވާ، ލިވަޕޫލް ވަނީ ސްޕާސް 0-2 އިން ބަލިކޮށް 49 ޕޮއިންޓާއެކު ހަތަރުވަނައަށް ޖެހިލާފައެވެ.

ޔުނައިޓެޑާއި ވަޓްފޮޑް ބައްދަލުކުރި މެޗުވެސް ނިމިގެން ގޮސްފައިވަނީ 0-2 އިން ޔުނައިޓެޑު މޮޅުވެގެންނެވެ. ކުޑަ ވަގުތުކޮޅަކަށް ލީގު ތާވަލުގައި ކުރިއަށް ޖެހިލި ނަމަވެސް ލިވަޕޫލްގެ މޮޅާއެކު ޔުނައިޓެޑަށް ވަނީ އެނބުރި ހަ ވަނައަށް ވެއްޓިފައެވެ.

ފަސްވަނައިގައި މެންޗެސްޓާ ސިޓީ 49 ޕޮއިންޓާއެކު އޮތްއިރު މާދަމާ ބޯންމައުތާއި ދެކޮޅަށް ސިޓީ ކުޅޭ މެޗުން މޮޅުވެއްޖެނަމަ ދެވަނައަށް ދެވޭނެއެވެ. ލީގުގެ ގަދަ 6 ޓީމަށް ފެބްރުއަރީ އަދި މާޗު މަހަކީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވާދަކުރުމުގެ ފުރުސަތު ހޯދުމަށް އެންމެ މުހިއްމު ދުވަސްކޮޅެވެ.