Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

ޝަހުނީމްގެ މައްސަލަ ޕީޖީ އަށް

ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރު ކުރި މީހެއް މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލަ އާ ގުޅިގެން ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައި ވަނީ ސ. ފޭދޫ ދިލްކަޝްނާޒް އިބްރާހިމް ޝަޙްނީމް، 39، ގެ މައްޗަށެވެ.

ޝަހްނީމްގެ މައްޗަށް ދައުވާ ކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މި މަހުގެ 1 ވަނަ ދުވަހު 13:30 އެހާކަށްހާ އިރު މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތު ކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކުޑަކަމުދާ ތަކެތި ދިނުމަށް ތަކުރާރުކޮށް އެދުމުން ވެސް ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރުކުރި މައްސަލަ އާ ގުޅިގެންނެވެ.

މި މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އށް ފޮނުވާފައި ވަނީ މި މަހުގެ 6 ވަނަ ދުވަހު އެވެ.