Last Updated: May 2, 02:14
Thursday, May 1, 2025
ޚަބަރު

ފޭދު އާއި މަރަދޫގައި އައުޓް ޑޯ ޖިމް ސެޓް ބަހައްޓައިފި

އައްޑޫ ސިޓީ ކައުންސިލުން ހަރަދުކޮށްގެން، އައްޑޫގެ އަވަށްތަކުގައި ބަހައްޓާ އައުޓް ޑޯ ޖިމް ސެޓްތަކުގެ ތެރެއިން ފޭދު އާއި މަރަދޫގައި ބަހައްޓާ ޖިމް ސެޓްތައް ބަހައްޓައިފި އެވެ.

ފޭދޫ ޖިމް ސެޓް ބެހެއްޓީ ފޭދޫ ބޮޑު މަގާ ދިމާލުން އޮންނަ ކުޑަކުދިންގެ ޕާކްގެ ތެރޭގަ އެވެ. މި ސަރަހައްދަކީ ފޭދޫގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކުގެ ތެރެއިން ބައެއް ޔުނިޓްތައް ވެސް ހުރި ސަރަހައްދެވެ.

މަރަދޫ ޖިމް ސެޓް ބެހެއްޓީ މަރަދު އާއި ހަންކެޑެ ގުޅޭ ހިސާބުގައި ހަދާފައިވާ ޕާކް ތެރޭގަ އެވެ. އެ ސަރަހައްދަކީ މަރަދޫ ސްވިމިން ޓްރެކް ވެސް އޮތް ސަރަހައްދެވެ.

އައްޑޫގެ ހުރިހާ އަވަށެއްގައި އައުޓް ޑޯ ޖިމް ސެޓް ބަހައްޓަން ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މީގެ ބޭނުމަކީ ދުޅަހެޔޮ ސިއްހަތެއްގައ ތިބުމަށް ފަސޭހަކަމާ އެކު، ކަސްރަތުކޮށްލެވޭނެ އިންތިޒާމް ރައްޔިތުންނަށް ހަމަޖައްސައި ދިނުމެވެ.