Last Updated: June 27, 13:13
Saturday, June 27, 2026
ޚަބަރު

ޒައިދުލް އަމީންގެ ގޭބަންދަށް އިތުރު 10 ދުވަސް

ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނުގެ އިސް ބޭފުޅެއް ކަމަށްވާ މާލޭ ސިޓީ ކައުންސިލް މެމްބަރު ޒައިދުލް އަމީންގެ ގޭބަންދަށް އިތުރު 10 ދުވަސް ޖެހުމަށް ކޯޓުން އަމުރުކޮށްފިއެވެ.

މިދިޔަ ޖެނުއަރީ މަހު ހައްޔަރު ކުރެވުނު ޒައިދުލް އަމީންގެ ބަންދާއި ގުޅޭގޮތުން ފުލުހުން ވަނީ އެއްވެސް މައުލޫމާތެއް ދިނުމަށް ދެކޮޅު ހަދާފައެވެ. ނަމަވެސް ޚަބަރު ލިބޭ ގޮތުގައި ޒައިދު ހައްޔަރު ކޮށްފައިވަނީ ފަނޑިޔާރަކު ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައެވެ.

ފުލުހުންގެ ބަންދުގައި 15 ދުވަހު ބެހެއްޓުމަށްފަހު ޖެނުއަރީ ފަހުކޮޅު ޒައިދު ވަނީ ގޭބަންދަށް ދޫކުރެވިފައެވެ. އޭނާގެ ބަންދަށް 10 ދުވަސް ޖެހުމަށް ފަހު ކޯޓުން ވަނީ 10 ދުވަސް ހަމަވާން ކައިރިވުމުން ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ.