Last Updated: June 27, 13:13
Saturday, June 27, 2026
ކުޅިވަރު

ބާންލީ ޗެލްސީ މޮޅުވެ ނުދީ ހިފަހައްޓާލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ތާވަލުގެ އެއްވަނައިގައި އޮތް ޗެލްސީ އަދި ބާންލީ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެއެވެ.

ރޭ ސްޕާސް އެއްވަރުވެ ޗެލްސީއަށް އެއްވަނައިގައި 12 ޕޮއިންޓުގެ ލީޑެއް ނެގުމަށް މިރޭ ލިބުނު ފުރުސަތު މެޗުން އެއްވަރުވުމާއެކު ވަނީ ގެއްލިފައެވެ. ނަމަވެސް އަދިވެސް ދެވަނައާއި ދެމެދު 10 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

މެޗުގެ ފުރަތަމަ ގޯލު 7 ވަނަ މިނެޓުގައި ޖަހާފައިވަނީ ސްޕެއިންގެ މިޑްފީލްޑަރު ޕެޑްރޯއެވެ. އޭނާގެ ގޯލަށްފަހު ބާންލީގެ ބްރޭޑީ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 24 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުންނެވެ.

މެޗުގައި ދެޓީމަށްވެސް އިތުރު ގޯލެއް ޖެހުމަށް ލިބުނު ފުރުސަތުތައް ވަނީ ބޭކާރުކޮށްލާފައެވެ. ދެޓީމަށްވެސް ދެވަނަ ހާފުގައި ލިބުނު ގިނަ ހިލޭ ޖެހުންތަކުގެ ބޭނުން ހިފޭނެގޮތެއް ނުވިއެވެ.

މިރޭ 9:00 ޗެމްޕިއަން ލެސްޓާ ސިޓީއާއި ރެލިގޭޝަނާ ލެސްޓާއާ ހަނގުރާމަ ކުރަމުންދާ ސްވެންސީ ބައްދަލުކުރާނެއެވެ. މެޗުން މޮޅުވާ ޓީމަކަށް ރެލިގޭޝަނުން ސަލާމަތްވުމަށް ބޮޑު އެހީއެއް މިރޭގެ މެޗުން ލިބޭނެއެވެ.