އިކޮނޮމިކް މިނިސްޓްރީ އިން ދޭ ޚިދުމަތްތަކަށް އޮންލައިން ކޮށް ފައިސާ ދެއްކޭނެ ނިޒާމެއް އަންނަ މާޗު މަހުން ފެށިގެން ބޭނުން ކުރަން ފަށާނެ ކަމަށް ރެޖިސްޓާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވެއްޖެ އެވެ.
އެގޮތުން މި މިހަގެ ތެރޭގައި އެނިޒާމް ޤާއިމްކޮށް އަންނަ މަހުގެ ތެރޭގައި ބޭނުން ކުރަން ފެށޭނެ ކަމަށް ވިސާމް ވިދާޅުވިއެވެ.
އެނިޒާމުގެ މަޤްސަދަކީ ޚިދުމަތްތަކަށް އެދި ހުށައެޅުމާއި ފީ ދެއްކުން އޮންލައިން ކޮށް ކުރިއަށް ގެންދިއުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދާދިފަހުންވެސް އިކޮނޮމިކް މިނިސްޓްރީ އިން ވަނީ އެމިނިސްޓްރީގެ ޚިދުމަތްތައް ވީހާވެސް ބޮޑަށް ފަސޭހަ ކުރުމުގެ މަޤްސަދުގައި އެމިނިސްޓްރީގެ ޚިދުމަތްތަކަށް ނަންބަރު ނެގޭނެ މޯބައިލް އެޕްލިކޭޝަން އެއްވެސް ތަޢާރަފް ކޮށްފައެވެ.
މީގެ އިތުރުން އެމިނިސްޓްރީ އިން ވަނީ ކުންފުންޏާއި ބެހޭ އާ ޑްރާފްޓް އެއްވެސް އެކުލަވާލާފައެވެ.