ރާއްޖޭގައި އެންމެ ރަނގަޅު ފެންވަރުގައި އިންޓަނެޓްގެ ޚިދުމަތް ދޭ އެއް ކުންފުނި ކަމަށްވާ ދިރާގުން، ރާއްޖޭގެ ކޮންމެ ނެޓްވޯކް އަކަށްވެސް ބޭނުން ވަރަކަށް ގުޅައި އެސްއެމްއެސް ފޮނުވުމުގެ އިތުރުން އެންމެ ގިނަ ޑޭޓާ ހިމެނޭ ގޮތަށް ޚާއްސަ ޕެކޭޖުތަކެއް ތަޢާރަފް ކޮށްފިއެވެ.
އެގޮތުން "ސްމާޓް އެކްޒެކެޓިވް" ގެ ނަމުގައި ދިރާގުން ވަނީ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޚާއްސަ ކޮށްގެން ދެ މޯބައިލް ޕެކޭޖެއް ތަޢާރަފް ކޮށްފައެވެ.
އާދިއްތަ ދުވަހު ތަޢާރަފް ކުރި "ސްމާޓް އެގްޒެކެޓިވް 1499" ގައި 30 ޖީބީ ޑޭޓާ ހިމެނޭއިރު، "ސްމާޓް އެގްޒެކެޓިވް 1999" ގައި ހިމެނެނީ 45 ޖީބީގެ ޑޭޓާއެވެ.

މި ދެ ޕެކޭޖަކީ ވެސް ވިޔަފާރިވެރިންނާއި އެކްޒެކެޓިވްސް ގެ އިތުރުން ޕްރޮފެޝަނަލް މަސައްކަތް ކުރައްވާ ބޭފުޅުންނަށް ވަރަށް ރަނގަޅު ޕެކޭޖްތަކެއް ކަމަށް ދިރާގުން މަޢުލޫމާތު ދޭކަމަށް ވަގުތު ނޫހުން ރިޕޯޓް ކުރެއެވެ.
އަދި މި ދެ ޕެކޭޖް މެދުވެރިކޮށް ލިބެނީ މިހާތަނަށް ރާއްޖޭގައި މޯބައިލް ޕެކޭޖަކުން ލިބޭ އެންމެ ބޮޑު ޑޭޓާ އެލަވަންސް ކަމަށާއި، ޑޭޓާ އެލަވަންސް ހުސްވިޔަސް އިތުރު ޗާޖެއް ނުކުރާނެ ކަމަށްވެސް ދިރާގުން ބުނެއެވެ.
އަދި ހަމަ އެހެންމެ ރާއްޖެއިން ބޭރުގެ ބޭނުން ކޮންމެވެސް އެއް ޤައުމަކަށް 50% ޑިސްކައުންޓް އާއިއެކު ގުޅޭނެ ޚިދުމަތް މި ދެ ޕެކޭޖް އިންވެސް ލިބޭނެ ކަމަށް ދިރާގުން މަޢުލޫމާތު ދެއެވެ.