Last Updated: June 12, 02:23
Thursday, June 11, 2026
ވިޔަފާރި

މީރާގެ ޓީމެެއް އައްޑޫގައި

ފޭދޫގެ "3 އެސް ސްޕަޕާޓް" ގައި ހުރި މުދާތަކެއް މީހަކު ބަލަނީ. ފޮޓޯ/ 3 އެސް ގްރޫޕް

ދައުލަތަށް ދައްކަން ޖެހޭ ޓެކްސްތަކަށް އަހުލުވެރި ކުރަން މޯލްޑިވްސް އިންލަން ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޓީމެއް އައްޑޫގައި ހަރަކާތްތެރި ވާން ފަށައިފި އެވެ.

މީރާ އިން ބުނީ އެތަނުގެ ޓީމްތަކެއް މިދިއަ ހުކުރު ދުވަހު އައްޑޫގެ އިތުރުން އިތުރު ފަސް އަތޮޅަކަށް ފުރާފައިވާ ކަމަށެވެ. މީރާ އިން ބުނީ އެ ހަ އަތޮޅަށް ދިޔައީ ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިތަކަށާއި އަދި މިހާތަނަށް ޖީއެސްޓީ އަދި ބީޕީޓީގެ ގޮތުގައި ދައްކާފައިވާ ފައިސާގެ ނިސްބަތަށް ބަލައިގެން ކަމަށެވެ.
އެ ގޮތުން މީރާގެ ޓީމްތައް މިހާރު ހަރަކާތްތެރިވާ އަތޮޅުތަކަކީ ހއ، ހދ، ގއ، ގދ އާއި ފުވައްމުލަައް އަދި އައްޑު އެވެ.

މި ދަތުރުތަކުގައި ޓެކްސްދައްކާ ފަރާތްތަކާއި އާންމުންނަށް ޓެކްސް އާ ގުޅޭ މައުލޫމާތު ދިނުމަށް ބައްދަލުވުންތައް ބޭއްވުމާއި، ވިޔަފާރިތަކުން އަމަލު ކުރަމުން ދަނީ ޓެކްސްގެ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްތޯ ޗެކް ކުރަން ކޮމްޕްލަޔަންސް ޒިޔާރަތްތައް ކުރުމާއި، ވިޔަފާރިތައް އޮޑިޓްކުރުން ހިމެނޭކަމަށް މީރާ އިން ބުންޏެވެ.

މި ޓީމްތައް ކޮންމެ އަތޮޅެއްގައި ދޮޅު މަސް ދުވަސް ހޭދަ ކުރާނެ ކަމަށް ވެސް ދައުލަތުގެ ޓެކްސް އިދާރާ މީރާ އިން ބުންޏެވެ.