Last Updated: June 27, 13:13
Saturday, June 27, 2026
މުނިފޫހިފިލުވުން

އެންމެ ފަހުން މެގަޑެތަށް ގްރެމީ

އެމެރިކާގެ ހެވީ މެޓަލް ބޭންޑް، މެގަޑެތް، ބެސްޓް ހެވީ މެޓަލް ޕާފޯމަންސް އިން ގްރެމީ ހާސިލުކޮށްފައިވަނީ 'ޑިސްޓޯޕިއާ' މި ލަވައިންނެވެ.

މެގަޑެތް ވަނީ މީގެ ކުރިން 11 ފަހަރު ގްރެމީ އެވޯޑަށް ނޮމިނޭޓް ވެފައެވެ. ނަމަވެސް މިއީ ހެވީ މެޓަލް ދުނިޔޭގެ އެންމެ ބޮޑު އެއް ބޭންޑަށް ލިބުނު ފުރަތަމަ ގްރެމީއެވެ.

އެވޯޑާއި ހަވާލުވުމަށްފަހު ވާހަކަދައްކަމުން ބޭންޑުގެ ލަވަކިޔުންތެރިޔާ، ޑޭވް މަސްޓެއިން ބުނެފައިވަނީ 12 ފަހަރު ވާދަކުރަން ޖެހުނު ނަމަވެސް މިއީ ވަރަށް މަތީ ޝަރަފެއް ކަމަށެވެ.

މެގަޑެތް މިއަހަރުގެ ގްރެމީ ހާސިލުކޮށްފައިވަނީ ކޯން، ގޮޖީރާ، ޕެރިފެރީ ފަދަ ބޭންޑުތަކާއި ވާދަކޮށްގެނެވެ. 1983 ވަނަ އަހަރުން ފެށިގެން ހެވީ މެޓަލް ދުނިޔޭގައި ރަސްކަން ކުރަމުން އަންނަ އެއް ބޭންޑަށް މެގަޑެތް ވެފައިވާއިރު މެގަޑެތް ވަނީ ބޮޑެތި އަލްބަމް ތައް ރެކޯޑުކޮށް ވަނަތައް ހާސިލުކޮށްފައެވެ.