ސްޕެނިޝް ލަލީގާގައި ރިއަލް މެޑްރިޑާއި އޮސަސޫނާ ބައްދަލުކުރި މެޗު 1-3 އިން ރިއަލް ކާމިޔާބުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ގޯލު 24 ވަނަ މިނެޓުގައި ޖަހާފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭނާގެ ފަރާތުން ފާއިތުވެދިޔަ މެޗުތަކުގައި ދަށް ކުޅުމެއް ފެނިގެން ދިއުމާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.
ރޮނާލްޑޯގެ ގޯލަށް ފަހު މާ ގިނަ އިރުތަކެއް ނުވެ އޮސަސޫނާ އިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ ދެޓީމު އެއްވަރުވެގެންނެވެ.
ރިއަލްގެ ދެވަނަ ގޯލު މެޗުގެ ދެވަނަ ހާފުގައި ފެނިގެން ގޮސްފައިވަނީ އިސްކޯގެ ފަރާތުންނެވެ. ފަހު ގޯލު މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް ކާމިޔާބުކޮށްފައިވަނީ ލޫކަސް ވަސްކޭޒްއެވެ.
ރިއަލްއަށް މިމޮޅާއެކު ތާވަލުގެ އެއްވަނައިގައި 49 ޕޮއިންޓާއެކު އޮތްއިރު ދެވަނައިގައި ބާސާ އޮތީ 48 ޕޮއިންޓާއެކުއެވެ. ނަމަވެސް ރިއަލްއަށް ވުރެ އިތުރަށް ދެމެޗު އެހެން ޓީމުތަކުން ވަނީ ކުޅެފައެވެ. އެހެންކަމުން މިސީޒަނުގައި ލީގު ހޯދުމުގެ ފުރުސަތު ރިއަލްއަށް އަދިވެސް ބޮޑެވެ.