Last Updated: June 27, 13:13
Saturday, June 27, 2026
ސިޔާސީ

"ފާޑުކިޔާ މީހުންވެސް ވޯޓް ދޭނީ ރައީސް ޔާމީނަށް"

ނޫސްވެރިންނާއި ބައްދަލުކޮށް މުއާޒް ވާހަކަދައްކަނީ: ފޮޓޯ - ސަން

ރައީސް ޔާމީނަށް ފާޑު ކިޔާ މީހުންވެސް ރިޔާސީ އިންތިޚާބުގައި ވޯޓު ދޭނީ ހަމަ ރައީސް ޔާމީނަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުުއާޒް އަލީ ވިދާޅުވެއްޖެއެވެ.

ފަސްޓް ލޭޑީ، މެޑަމް ފާތުމަތް އިބްރާހިމްގެ ކެމްޕެއިން އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއާޒް ބުނެފައިވަނީ މަޖުބޫރުން ޕާޓީއަށް މީހުންވައްދާ ކަމަށް ބުނެ ފާޑުކިޔާ މީހުންވެސް އާޚިރުގައި ވޯޓު ދޭނީ ރައީސް ޔާމީނަށް ކަމަށެވެ.

ސަރުކާރުގެ ވަޒީފާތަކުގައި މަސައްކަތްކުރާ މުވައްޒިފުންނަށް މަޖުބޫރުކޮށްގެން ޕީޕީއެމްއަށް ސޮއި ކުރުވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައިވާއިރު މުއާޒް ބުނެފައިވަނީ އެވާހަކަ ދައްކާ ފަރާތްތައްވެސް ސިއްރު ވޯޓެއްގައި ރައީސް ޔާމީން ނޫން އެހެން މީހަކަށް ވޯޓު ނުލާނެ ކަމަށެވެ.

އެންމެ ދުވަހެއްގެ ތެރޭ 11،000 މީހުން އަލަށް ޕީޕީއެމް އަށް ވަދެފައިވަނީ މެޑަމް ފާތުންއަށް ކުރާ ސަޕޯޓެއްގެ ބޮޑު ކަމުން ކަމަށް ބުނެ މުއާޒް ވަނީ ފަސްޓް ލޭޑީއަށް ތައުރީފްކޮށްފައެވެ. މުއާޒް ވަނީ ޕާޓީއަށް މީހުން އިތުރުކުރުމުގެ މަސައްކަތުގައި ޕާޓީގެ ހުރިހާ މެމްބަރުންވެސް ބައިވެރިވުމަށް ދައުވަތު އަރުވާފައެވެ.