Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ޒަހަމްވި ފަތުރުވެރިއަކަށް ފަރުވާ ދޭން މާލެ ގެންދަނީ

ގއ. ގެނަފުށީ ކައިރީ އޮތް ސަފާރީއެއްގައި ތިބި ފަތުރުވެރިންތަކެއް ގޮވައިގެން ޑައިވިންއަށް ގޮސް އުޅެނިކޮށް ފަތުރުވެރިއަކު ދޯނީގެ ބުރަފަތީގައި ޖެހި ޒަހަމްވެ ފަރުވާ ދިނުމަށް ހެލިކެޕްޓަރގައި މާލެ ގެން ދިއުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ.

މި ހާދިސާގައި ޒަހަމްވެފައިވަނީ ފްރާންސްގެ ރައްޔިތެކެވެ. އޭނާގެ ފައިގެ ތިން ތަނަކުން ވަރަށް ފުންކޮށް ޒަހަމްވެެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފަތުރުވެރިއަކަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމަށް ދަތުރުކުރަމުން އަންނަ ކަމަށެވެ.