ފުވައްމުލަކު ދަނޑިމަގު އަވަށުގައި އޮންނަ ކުޅި ސަރަޙައްދުގައި އަނެއްކާވެސް އަލިފާން ރޯކޮށްލައިފިއެވެ.
ފުވައްމުލަކު ކުޅީގައި އަލިފާން ރޯވެފައިވާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް އަށް ލިބުނީ މިއަދު އިރުއޮއްސި 18:00 ގައި ކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތު ދޭކަމަށް ވަގުތު އޮންލައިން އިން ރިޕޯޓް ކުރެއެވެ.
އެގޮތުން އެސަރަޙައްދުގައި ރޯވި އަލިފާންގަނޑު ނިއްވުމަށްޓަކައި ފަޔާމަނުން ކުރި މަސައްކަތުން އާންމުން ދިރިއުޅޭ ސަރަޙައްދަށް އެ އަލިފާންގަނޑު އިތުރަށް ނުފެތުރޭނެ ގޮތަށް ކޮންޓްރޯލް ކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތު ދެއެވެ.
ފުވައްމުލަކުގައި ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މަޢުލޫމާތެއް އަދި ނުލިބިއެވެ.
މިދިޔަ ހުކުރު ދުވަހުވެސް ފުވައްމުލަކު ދަނޑިމަގު އަވަށު ކުޅި ސަރަޙައްދުގައި ވަނީ އަލިފާން ރޯކޮށްލާފައެވެ.