Last Updated: June 30, 18:22
Tuesday, June 30, 2026
ޚަބަރު

ފުވައްމުލަކު "ނާރެސް" ބޯޓް ފަރަށް އަރައިފި

އެމްއެންޑީއެފް ކޯސްޓް ގާޑް އުޅަނދު ހުރަވީ - ފޮޓޯ: އެމްއެންޑީއެފް (ޓްވިޓާ)

ފުވައްމުލަކަށް ދަތުރު ކުރަމުން ދިޔަ އެރަށު ބޯޓެއް ކ.މަނިފުށި ފަރަށް އަރައިފިއެވެ.

20 މީހުންނާއި އެކު ދަތުރު ކުރަމުން ދިޔަ "ނާރެސް" ބޯޓް ފަރަށް އަރާފައި ވަނީ މިރޭ އިރާކޮޅު ކަމަށް މަޢުލޫމާތު ލިބެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ.

އެގޮތުން އަންހެނުންނާއި ކުޑަކުދިން ގޮވައިގެން ދަތުރު ކުރަމުން ދިޔަ "ނާރެސް" ބޯޓް ފަރަށް އެރުމާއިއެކު އޭގައި ތިބި މީހުން ސަލާމަތް ކުރުމުގެ އިތުރުން ބޯޓް ފުންކުރުމުގެ މަސައްކަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ދަނީ ޙަރަކާތްތެރި ވަމުންނެވެ.