Last Updated: June 25, 23:09
Thursday, June 25, 2026
ސިޔާސީ

"ސިނގިރޭޓް ފޮއްޓެއް 200ރ. އަށް ވިއްކަން ވޯޓް ދޭން ތައްޔާރު"

ސިނގިރޭޓް ފޮއްޓެއްގެ އަގު 200 ރުފިޔާއަށް ބޮޑު ކުރި ނަމަވެސް ބިލަށް ވޯޓު ދޭން ތައްޔާރަށް ހުންނެވި ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރ ވިލިމާފަންނު ދާއިރާގެ މެމްބަރ އަހްމަދު ނިހާން ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

އެނާޖީ ޑްރިންކާއި ސްފްޓް ޑްރިންކް އަދި ސިނގިރޭޓުން ދައުލަތަށް ނަގާ ޓެކްސް ބޮޑުކުރުމަށް އިމްޕޯޓް އެކްސްޕޯޓް ބިލަށް ހުށަހެޅުނު އިސްލާހާއި ގުޅިގެން ނިހާން ވިދާޅުވީ ސިނގިރޭޓުން ސިއްހަތަށް ގެއްލުން ލިބޭ ކަމަށް އެންމެން ވެސް ގަބޫލުކުރާ ކަމަށާއި ދިވެހިން އާންމުކޮށް ބޭނުންކުރަމުން އަންނަ ސިނގިރޭޓުގެ އަގު ބޮޑުކޮށް، ފޮއްޓެއް 100ރ. އަށް ވުރެ މަތީ އަގެއްގައި ވިއްކަން ޖެހޭ ކަމަށެވެ.

"މިވަރުން ގޮސްގެން ނޫނީ ގައުމުގައި މިކަން ހުއްޓޭނެ ގޮތެއް ނެތް. ގާތްގަނޑު 100ރ. ނުވަތަ 200ރ. އަށް ސިނގިރޭޓް ފޮއްޓެއް ގެންދަން ވޯޓު ދޭން މިހުރީ ތައްޔާރަށް."

ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހް ފާސްވެއްޖެނަމަ ސިނގިރޭޓް ފޮއްޓެއްގެ އަގު 92 ރ އަރާނެއެވެ.

ސަރުކާރުން ވަނީ އެނާޖީ ޑްރިންކާއި ސްޕްޓް ޑްރިންކް ލީޓަރަކުން 4.60 ރުފިޔާ ނެގުމަށް ހުށަހަޅާފައެވެ.