ސައުތު އޮޕަރޭޝަންސް ކޮމާންޑް ފުޓްސަލް ކަޕްގެ ނަމުގައި ދެކުނުގެ 10 އަތޮޅުގައި ހަރަކާތްތެރިވާ ފުލުހުންގެ މެދުގައި ފުޓްސަލް މުބާރާތެއް ބާއްވަން ނިންމައި އަަތޮޅުތަކުގެ ކޮލިފިކޭޝަން ފަށައިފިއެވެ.
މަރަދޫ، ވެންބޮޅަފިށި ސްޓޭޑިއަމްގައި އަންނަ މާޗް މަހުގެ 4 އިން 15 ކުރިއަށް ގެންދާ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބެނީ ދެކުނު 10 އަތޮޅުގެ ޕޮލިސް ސްޓޭޝަންގައި މެދުގައި ކުޅޭ ކޮލިފައިން މެޗުތަކުން މޮޅުވާ ހަތަރު ޓީމަކަށެވެ.
މުބާރާތާއި ގުޅޭ ގޮތުން އިންތިޒާމް ކޮމެޓީގައި އިސްކޮށް ހަރަކާތްތެރިވާ ގަން ޕޮލިސް އިންޗާޖް އަފްރާހް ހުސެއިން ވިދާޅުވީ މި މުބާރާރް އައްޑޫ ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިގެން ދިޔައީ ވާދަވެރި ޕްރޮޕޯސަލްތައް ހުށަހަޅައިގެން އެންމެ ރަނގަޅު ޕްރޮޕޯސަލަކަށް ސައުތް ބުލޫސްއިން ހުށަހެޅި ހުށަހެޅުން ފާސްވުމުން ކަމަށެވެ.
މުބާރާތް އައްޑޫގައި ކުރިއަށްދާއިރު ސަދަން އޭރިއާ ކޮމާންޑްގައި ވަނީ ކުޅިވަރުގެ ކަންކަމުގައި ހަރަކާތްތެރިވާނެ ކްލަބެއް އުފައްދާފައެވެ. އެއީ ސައުތު ބުލޫސްއެވެ.
އަފްރާހް ވިދާޅުވީ ސައުތު ބްލޫސްއިން ހުށަހެޅި ހުށަހެޅުން ބެއްލެވުމަށްފަހު މުބާރާތް އައްޑޫގައި ކުރިއަށް ގެންދާއިރު މުބާރާތުގައި ބައިވެރިވާ އަނެއް ހަތަރު ޓީމް އައްޑޫއަށް އަންނާނީ، ޑިއުޓީ އަދާ ކުރެވޭ ގޮތަށް ޔުނިފޯމް ކިޓާއި އެކު ކަމަށެވެ.
އެގޮތުން މުބާރާތަށް ކޮލިފައިވުމަށްކުޅޭ މެޗުތައް 4 ޑިވިޜަންގައިވެސް ފަށައިގެން ކުރިއަށްދާއިރު މިހާތަނަށް އެސްއޯސީ ހެޑް ފުޓްސަލް މުބާރާތަށް ކޮލިފައިވެފައިވާ ހަމައެކަނި ޓީމަކީ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަންގައި ހިމެނޭ ތ. އަތޮޅު ޕޮލިސް ޓީމެވެ.
އެޓީމު މުބާރާތަށް ކޮލިފައިވެފައިވަނީ އެޑިވިޜަންގައި ހިމެނޭ ދެވަނަ އަތޮޅު ލ. އަތޮޅު ޕޮލިސް ޓީމާ ވާދަކުރި ދެވަނަ ލެގުގެ މެޗުން 9-1 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ. ތ. އަތޮޅާއި ލ. އަތޮޅު ޕޮލިސް ޓީމް ވާދަކުރި ފުރަތަމަ ލެގުގެ މެޗު ލ. އަތޮޅުގައި ކުޅެ ލ. އަތޮޅު ޕޮލިސް ޓީމުން ކާމިޔާބުކޮށްފައިވަނީ 5-3 ގެ ނަތީޖާއަކުންނެވެ.
ކޮލިފައިން މެޗުތަކުގެ ތެރެއިން ސެންޓްރަލް ޕޮލިސް ޑިވިޜަންގައި ހިމެނޭ 3 އަތޮޅުގެ މެދުގައި މިހާރުދަނީ ކޮލިފައިން މެޗުތައް ކުޅެމުންނެވެ. މ،ފ އަދި ދ . އަތޮޅު ހިމެނޭ ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ކޮލިފައިން މެޗުތައް ކުރިއަށްދަނީ ލީގު އުސޫލުންނެވެ. އެގޮތުން ކުޅުނު ފުރަތަމަ މެޗުގައި ފ. އަތޮޅާއި މ. އަތޮޅު ވާދަކޮށްފައިވާއިރު މިމެޗު ނިމިފައިވަނީ 1-1 ން އެއްވަރު ވެގެންނެވެ. މި ޑިވިޜަންގެ މެޗުތައް ކުރިއަށްދަނީ ދ. ކުޑަހުވަދޫގައެވެ.
މީގެއިތުރުން ސައުތު ޕޮލިސް ޑިވިޜަންގައި ހިމެނޭ އައްޑޫ ސިޓީ ޕޮލިސް އާއި ފުވައްމުލައް ސިޓީ ޕޮލިސް ވާދަކުރާ ކޮލިފައިންގެ ފުރަތަމަ ލެގު ފުވައްމުލަކުގައި ކުޅެފައިވާއިރު މިމެޗު ކާމިޔާބުކޮށްފައިވަނީ އައްޑޫ ސިޓީ ޕޮލިސްއެވެ. އެޓީމު މިމެޗު ކާމިޔާބުކޮށްފައިވަނީ 3-1 ންނެވެ. އަދި އިއްޔެ ކުޅުނު މެޗް ފުވައްމުލަު ސިޓީ ޓީމް ކާމިޔާބް ކުރުމާއި ގުޅިގެން އެޓީމްވަނީ މުބާރާތަށް ކޮލިފައި ވެފައެވެ.
އަދި އަޕަރ ސައުތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ގއ އަދި ގދ. އަތޮޅު ކޮލިފައިން މެޗުތައް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
ޗެމްޕިއަން ޓީމަށް 20،000 ރުފިޔާ، ރަނަރަޕް ޓީމަށް 10،000 ރުފިޔާ އަދި 3 ވަނަ ޓީމަށް 5000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ ސަދަރން އޮޕަރޭޝަންސް ކޮމާންޑްގައި ހިމެނޭ 4 ޑިވިޜަންގެ އަތޮޅުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި އޮތް ގުޅުން މިހާރަށްވުރެ ރަނގަޅުކޮށް ގުޅިގެން މަސައްކަތްކުރުމާއި އެއްޓީމެއްގެ ގޮތުގައި މަ