Last Updated: June 27, 13:13
Saturday, June 27, 2026
ޚަބަރު

ކިޔަވައި ދޭން ޓީޗަރުންގެ ކައުންސިލްގައި ރަޖިސްޓްރީވާ ގޮތަށް ހަދަނީ

ރާއްޖޭގައި ކިޔަވައިދޭ ހުރިހާ ޓީޗަރުން ޓީޗާސް ކައުންސިލްގައި ރަޖިސްޓްރީ ވެގެން ނޫނީ ކިޔަވައި ނުދެވޭ ގޮތަށް ބިލް ފަރުމާކޮށް ތައުލީމާ ބެހޭ ބިލް މަޖިލީހަށް ހުށައަޅައިފި އެވެ.

މިބިލް ގައި ވާގޮތުން އެންމެ ކުޑަ ކުދިންނަށް ކިޔަވައިދޭ ޓީޗަރުންނާއި ބޮޑެތި ކުދިންނަށް ކިޔަވައިދޭ ޓީޗަރުންގެ އިތުރުން ޓިއުޝަން ދޭ ޓީޗަރުންނާއި ތަމްރީނާއި ކަސްރަތު ދަސްކޮށްދޭ ޓީޗަރުންވެސް ކައުންސިލްގައި ރަޖިސްޓްރީ ވާން ޖެހެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމް ހުށައެޅުއްވި މިބިލުގެ ފުރަތަމަ ކިޔުން ވަނީ މިއަދު އިއްވާފައެވެ.

ބިލުގައި ވާގޮތުން ބިލް މަޖިލީހުން ފާސްވާތާ މަސް ދުވަސް ތެރޭގައި ކައުންސިލް އުފެދި ކައުންސިލަށް މަސް ދުވަހުގެ ތެރޭގައި ޓީޗަރުންނަށް ލައިސަންސް ދިނުމުގެ އުސޫލު އެކުލަވާލައި އަމަލު ކުރަން ޖެހޭނެ ކަމަށެވެ.