Last Updated: June 30, 14:08
Tuesday, June 30, 2026
ވިޔަފާރި

ޑިސްކައުންޓަކާ އެކު ހޮންޑާ ސައިކަލު ވިއްކަނީ

ޝީޝާގައި ވިއްކަން ހުރި ސައިކަލްތަކެއް – ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް

1987 ވަނަ އަހަރު ރާއްޖޭގައި ހޮންޑާ ބްރޭންޑްގެ އޮތޮރައިޒްޑް ސޯލް ޑިސްޓްރިބިއުޓާގެ ގޮތުގައި ހުޅުވި ޝީޝާ ފިހާރައިން ވަރަށް ޚާއްސަ ޑިސްކައުންޓަކާއި އެކު ހޮންޑާ ސައިކަލް ވިއްކަން ފަށައިފިއެވެ.

އެގޮތުން އަންހެނުންނާއި ގުޅޭ އަދި އަންހެނުން ކަނބަލުންނަށް ކަމުދާ ހޮންޑާ ސްކޫޕީ އައި މޮޑެލްތަކުގެ ހުރިހާ ސައިކަލްތަކުންނާއި ވޭވް 110 އައިގެ ސައިކަލުތަކުން ޝީޝާގެ ހުރިހާ ފިހާރައަކުންވެސް ވަރަށް ޚާއްސަ ޑިސްކައުންޓެއް ލިބޭނެއެވެ.

އިންސްޓޯލްމެންޓް އުސޫލުން ސައިކަލު ގަންނަން ބޭނުންވާ ފަރާތްތަކަށްވެސް ޑިސްކައުންޓް ލިބުމުގެ ފުރުސަތު ޝީޝާއިން ވަނީ ހުޅުވާލާފައެވެ. އަންނަ މާޗު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މި އޮފާ ކުރިއަށް ދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

ރާއްޖޭގައި ސައިކަލު ދުއްވާ އަންހެނުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން ދާއިރު، ޝީޝާގެ ޑިސްކައުންޓް އޮފާ ޚާއްސަ ކޮށްފައި ވަނީ އަންހެނުންނަށް އެކަނބަލުންނާއި ގުޅޭ ސައިކަލުތައް ހެޔޮ އަގުގައި ގަނެވޭ ގޮތަށެވެ.

ޝީޝާއިން ވިއްކާ ހޮންޑާ ސްކޫޕީ އަކީ ދެޖިންސުގެ ބޭފުޅުންނަށްވެސް ބޭނުން ކުރެވޭ، ޕެޓްރޯލް ޚަރަދު ކުޑަ އަދި ފުލީ އޮޓޮމެޓިކް ވުމުގެ އިތުރުން ވަރަށް ރައްކާތެރި ފީޗާތަކެއް އެކުލެވިގެންވާ ސައިކަލުތަކެކެވެ.

އަދި ހަމަ އެހެންމެ މިއީ ބާޒާރުގައި އެންމެ އަގުހެޔޮ ސައިކަލުތަކުގެ ތެރޭގައިވެސް ހިމެނޭ ސައިކަލުތަކެކެވެ. މިހާރު ޝީޝާއިން ކުރިއަށް ގެންދާ އޮފާގެ ދަށުން އެފިހާރައިން ވިއްކާ ސައިކަލްތަކުގެ އަގުތަށް ވާނީ 50،000 ރުފިޔާ އަށްވުރެ އަގުހެޔޮ ކޮށްފައެވެ.

މި ޑިސްކައުންޓް އޮފާގެ ދަށުން ސައިކަލު ގަންނަން ބޭނުންވާ ފަރާތްތަކަށް ޕްރީއޯޑަރު ކުރުމާއި ރިޒާވް ކުރުމަށް އެޑްވާންސް ފައިސާ ދައްކާކަށް ނުޖެހޭނެކަމަށް ޝީޝާއިން ބުންޏެވެ.