އިރާގުގެ މޯސުލް ސިޓީ ހަނގުރާމަވެރި ޖަމާއަތް، އައި އެސްގެ އަތް ދަށުން އެގައުމުގެ ސިފައިން ސަލާމަތްކޮށްފިއެވެ. ނަމަވެސް ދެ ފަރާތުގެ ދެމެދުގައި ރެޔާ ދުވާލު ހުއްޓުމެއް ނެތި އަދިވެސް ހަނގުރާމަ ދަނީ ކުރިއަށެވެ.
އައިއެސް އިން ޑްރޯން އެޓޭކުތައް ވެސް މިހާރު ވަނީ ފަށާފައި ކަމަށް ޚަބަރު ލިބެއެވެ. އިރާގު ސިފައިން ގައުމުގެ އުތުރު ރަށްތައް ހިފާފައިވާ އައިއެސް ޖަމާއަތުގެ އަތް ދަށުން ސަލާމަތް ކުރިތާ ތިން ހަފްތާ ވެފައިވާއިރު އަދިވެސް ޓިގްރިސް ވާދީ ވަނީ އައިއެސްގެ އަތް ދަށުގައެވެ.
އެހިސާބުގެ ރައްޔިތުން ބުނެފައިވަނީ އެމީހުންނަށް ތަކުރާރުކޮށް އައިއެސްގެ ސްނައިޕަރުންގެ ހަމަލާތަކާއި ކުރިމަތިލާން ޖެހިފައި ވެއެވެ.
"އެންމެން ތިބެނީ ބިރުން ފިތްކެނޑިފައި. ޑްރޯނެއް އަތުވެއްޖެއްޔާ އެންމެން ބިރުން ރައްކާވޭ. އަހަރެން ހުރީ ގެރިއެއް ކަތިލައިގެން އެ ވިއްކަން ތައްޔާރުވެގެން. ނަމަވެސް ޑްރޯނެއް ފެނި އެންމެން ވަނީ ރައްކާވެފަ" ގެރި މަސް ވިއްކާ މީހަކު ބުނެފައިވެއެވެ.
ހަނގުރާމަ އެންމެ ވަރުގަދައަށް ކުރަމުން ދަނީ އުތުރު ރަށްތަކުގައެވެ. 860 ތަންތަން ހަލާކު ކޮށްލާފައިވާއިރު %90 ސުންނާފަތިވެގެން ގޮސްފައިވަނީ އެހިސާބުގައެވެ.
ބަޑިއާއި ގޮވުމުގެ އަޑަކީ މެދު އިރުމަތީ ރައްޔިތުންނަށް އާންމު ކަމެކެވެ. ހަނގުރާމައިން ސަލާމަތްވުމަށް ގިނަ ބަޔަކު ވަނީ ދުރު ހިސާބުތަކަށް ހިޖުރަ ކޮށްފައެވެ.