Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

ތައުލީމާ ބެހޭ ބިލް މަޖިލީހަށް ބަލައިގެންފި

ރައްޔިތުންގެ މަޖިލީހަށް ހުށައެޅުނު ތައުލީމާ ބެހޭ ބިލް މަޖިލީހަށް ބަލައިގެންފިއެވެ. ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމް ހުށައެޅި ބިލް މަޖިލީހަށް ބަލައިގެންފައިވަނީ ވޯޓުގައި ބައިވެރިވި 71 މެމްބަރުންގެ ތެރެއިން 69 މެމްބަރުންގެ ވޯޓާއެކުއެވެ.

ބިލް ބަލައިގަންނަން ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވާފައިވާއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވަނީ އެންމެ މެމްބަރެކެވެ.

މިބިލް ފާސްކުރުމަށްފަހު ކިޔަވައިދިނުމަށް މަސައްކަތް ކުރާ ޓީޗަރުން ޓީޗާރސް ކައުންސިލްގައި ރަޖިސްޓްރީ ވާން ޖެހެއެވެ. އަދި އިސްލާމީ ތަރުބިއްޔަތާއި ދިވެހި ބަސް، މި ދެމާއްދާ ކުދިންނަށް ކިޔަވައިދިނުމަކީ ލާޒިމް ކަމެކެވެ.

ބިލް ވަނީ މިހާރު ދިރާސާ ކުރަން ގައުމީ ތަރައްގީ ކޮމިޓީއަށް ފޮނުވާލާފައެވެ.