Last Updated: June 30, 14:08
Tuesday, June 30, 2026
ޚަބަރު

ސީއެސްއާރު ޕްރޮގްރާމްތަކަށް ބީއެމްއެލް އިން އެހީތެރިކަން ފޯރުކޮށް ދެނީ

2017 ވަނަ އަހަރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހިންގުމަށް ހަމަޖެހިފައިވާ ސީއެސްއާރު ޙަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

މިއަދު ދ. ކުޑަހުވަދޫގައި ކުރިއަށް ގެންދިޔަ "އަހަރެންގެ ބޭންކް" ކެމްޕެއިންގެ ޚާއްސަ ރަސްމިއްޔާތެއްގައި ބީއެމްއެލް އިން ހާމަ ކުރި ގޮތުގައި އަމިއްލަ ފަރާތްތަކާއި މަދަނީ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގާ މުޖުތަމަޢުއަށް ފައިދާހުރި ޙަރަކާތްތަކަށް މާލީ އެހީ ހޯދުމަށް އެ އަތޮޅެއްގެ ބޭންކް ބްރާންޗުން ޕްރޮޕޯޒަލް ހުށައެޅޭނެ ކަމަށެވެ.

ސީއެސްއާރު ޙަރަކާތްތަކަށް ހޭދަކުރާ މިންވަރު މި އަހަރު ދެގުނައަށް އިތުރު ކުރާނެ ކަމަށާއި ރާއްޖޭގެ ސަރަޙައްދުތަކަށް ބީއެމްއެލްގެ ޚިދުމަތްތަށް ފުޅާ ކުރުމަށްޓަކައި ޖުމްލަ 300 މިލިއަން ރުފިޔާ އިންވެސްޓް ކުރާނެ ކަމަށްވެސް ބީއެމްއެލް އިން ބުނި ކަމަށް ވަގުތު އޮންލައިން އިން ރިޕޯޓް ކުރެއެވެ.

"އަހަރެންގެ ބޭންކް" ކެމްޕެއިން އަކީ ދިވެހި މުޖުތަމަޢު އާއި ބީއެމްއެލް އާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަޤްސަދުގައި ބޭންކް އިން ކުރިއަށް ގެންދާ ކެމްޕެއިން އެކެވެ.