Last Updated: June 30, 14:08
Tuesday, June 30, 2026
ވިޔަފާރި

މަޓާޓޯ އިން ސާޓޭ ފެއާގައި ބައިވެރިވެއްޖެ

ސައުތު އޭޝިއަން ޓްރެވެލް ޓްރޭޑް އެގްޒިބިޝަން (ސާޓޭ) ގައި ރާއްޖޭގެ 15 ކުންފުންޏަކާއި އެކު މަޓާޓޯ އިން ބައިވެރި ވެއްޖެއެވެ.

މިއީ ދެކުނު އޭޝީއާގައި ބާއްވާ އެންމެ ބޮޑު އެއް ޓްރެވެލް އެގްޒިބިޝަން ކަމުގައި ވީއިރު، މި ފެއާ ކުރިއަށް ދާނީ އިންޑިއާގެ ދިއްލީގެ ޕްރަގަތީ މައިދާނުގައެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ މަޤްސަދުގައި މަޓާޓޯ މެދުވެރިކޮށް އެ ފެއާގައި ބައިވެރިވި ކުންފުނިތަކުން ޖުމްލަ 21 މީހުން ދަނީ ފެއާ ގައި ޙަރަކާތްތެރި ވަމުންނެވެ.

ސާޓޭގައި ބައިވެރިވާ ފަރާތްތައް:

1. އަމިއްލަ ފުށި
2. ބަނޑޮސް މޯލްޑިވްސް
3. ބްލޫ ހޮރައިޒަން
4. ކެނަރީފް ރިސޯޓު މޯލްޑިވްސް
5. ގިލި ލަންކަންފުށި
6. ގްލޯބަލް މޭކް ޕްލޭން
7. ކަނޑިމާ މޯލްޑިވްސް
8. ލަކްސް *ސައުތް އަރި އެޓޯލް
9. މަލާހިނި ކުޑަ ބަނޑޮސް
10. މެގަ މޯލްޑިވްސް އެއާލައިން
11. ސަން ސިޔާމް ރިސޯޓްސް
12. ޓްރެވެލާސް ސްޓްރީޓް
13. ޓޫ ސްޓާ މީދޫ މޯލްޑިވްސް
14. ވެލާ ޕްރައިވެޓް އައިލެންޑް
15. ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް

ދުނިޔޭގެ 35 ޤައުމަކާއި އިންޑިއާގެ 28 ސްޓޭޓް އަކުން 750 އަށްވުރެ ގިނަ ކުންފުނިން ބައިވެރިވާ މި ފެއާ އަކީ 2017 ވަނަ އަހަރު ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ފެއާތަކުގެ ތެރެއިން މަޓާޓޯ ބައިވެރިވާ ދެވަނަ ފެއާ ކަމުގައި މަޢުލޫމާތު ލިބެއެވެ.

މިފެއާ އަށްފަހު ދެން އެންމެ އަވަހަށް އޮންނަ ރިޔާދު ޓްރެވަލް ފެއާ ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މާޗު މަހުގެ ތެރޭގައެވެ. ސާޓޭއާއި އެކު މިއަހަރު ތެރޭގައި މަޓާޓޯ އިން ވަނީ ޖުމްލަ އަށް ފެއާއެއްގައި ބައިވެރިވުމަށް ނިންމާފައެވެ.

އިންޑިއާގެ ނިއު ދިއްލީގައި ފެށި ސާޓޭ ފެއާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.