ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް އިމަޖެންސީ ފަރުވާ ދޭން އެމްބިއުލެންސްގައި ގެނައި ބަލި މީހަކު އެމްބިއުލެންސްގެ ދޮރު ނުހުޅުވިގެން ތާށިވެއްޖެއެވެ.
ހޮސްޕިޓަލް ސަރަހައްދުގައި ހުރި "އައްޑޫލައިވް" ނޫސްވެރިއާ ބުނީ ބަލި މީހާ އެމްބިއުލެންސް އިން ބާލަން ދޮރު ހުޅުވަން ކުރި މަސައްކަތް ކާމިޔާބު ނުވިކަމަށެވެ.
"ބަލި މީހާ އަދިވެސް އޮތީ އެމްބިއުލެންސް ތެރޭ، ދޮރު ނުހުޅުވޭ، ވަރަށް މަސައްކަތްކޮށްފި ދޮރު ހުޅުވަން. މިހާރު ފެނަކަ މުވައްޒަފުން ވެސް އައިސްފި ދޮރު ހުޅުވަން އެހީތެރިވެދޭން."

ހޮސްޕިޓަލް މުވައްޒަފުންނަށް އެމްބިއުލެންސްގެ ދޮރު ނުހުޅުވުމުން ފެނަކަ ކޯޕަރޭޝަންގެ އެހީއަށް އެދިގެން އެތަނުގެ މުވައްޒަފުންގެ އިތުރުން އާއްމުންގެ ތެރެއިން ބައެއް މީހުން އައިސް ކުރި މަސައްކަތުން އެމްބިއުލާންސްގެ ދޮރު މިހާރު ވަނީ ހުޅުވާފައެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ހޯދުމަށް އެތަނުގެ ޑިރެކްޓަރ ޝާހް ސައީދުއަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ތަފްސީލެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.