Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

ކައުންސިލަށް ކުރިމަތިލުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

އައްޑޫ ސިޓީ ކައުންސިލަރުން ހުވާކުރުމުގެ ދަރުބާރު. ފޮޓޯ: ޝަރަފް

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލުމުގެ އާ ޝަރުތުތަކާއެކު އިލްކެޝަންސް ކޮމިޝަނުން އިތުރުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިމުއްދަތު އިތުރުކޮށްފައިވަނީ މަޖިލީހުން ފާސްކުރި ކައުންސިލް އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ޝަރުތުތަކަށް ގެނެވުނު އިސްލާހު ފާސްކޮށް އަމަލުކުރަން ފެށުމުންނެވެ.

އެގޮތުން މިހާރު ކައުންސިލް އިންތިޚާބަށް ބޮޑެތި ކުށް ސާބިތުވެ ޖަލު ހުކުމް ތަންފީޒުކޮށްފައި ތިބި މީހުންނަށްވެސް ކުރިމަތިލެވޭނެއެވެ. ނަމަވެސް ކުރިމަތިލާ ކެންޑިޑޭޓަކީ ޖަލު ހުކުމް ތަންފީޒުކޮށް މިނިވަނެއްގެ ގޮތުގައި 2 އަހަރު ހޭދަކޮށްފައިވާ މީހަކަށް ވާން ޖެހޭނެއެވެ. ނަމަވެސް މަސްތުވާތަކެތި ވިޔަފާރި ކުރި ކަން ސާބިތުވެފައިވާ މީހެއް ނަމަ ޖަލު ހުކުމް ތަންފީޒުކޮށް މިނިވަން ވެފައިވާތާ 7 އަހަރު ވެފައިވާނަމަ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ދީފައި އޮތް މުއްދަތު ވަނީ މިހާރު މިމަހުގެ 28 އަށް އިތުރުކޮށްފައެވެ.