Last Updated: June 27, 11:53
Saturday, June 27, 2026
ވިޔަފާރި

ދިރާގުގެ ފައިދާ 1.1 ބިލިއަނަށް، ފައިދާ ބަހަނީ

4ޖީގެ ހިދުމަތް އައްޑު އަށް ތައާރަފު ކުރަން ބޭއްވި ރަސްމިއްޔާތު.

ދިވެހި ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި، ދިރާގަށް މިދިޔަ އަހަރުގައި ލިބުނު ފައިދާގެ 1.1 ބިލިއަން ރުފިޔާ ހިއްސާދާރުންގެ މެދުގައި ބެހުމަށް ކުންފުނީގެ ބޯޑުން ނިންމައިފިއެވެ.

ފާއިތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ހިއްސާދާރުންގެ މެދުގައި ފައިދާ ބެހުމަށް ނިންމާފައިވާއިރު އިންޓެރިމް ޑިވިޑެންޑުގައި ހިއްސާއެއްގެ އަގު ޖެހިފައިވަނީ 5.92ރ. އަށެވެ. ފައިނަލް ޑިވިޑެންޑުގައި ހިއްސާގެ އަގު ވަނީ 8.45ރ. އަށް އަރާފައެވެ.

ދިރާގުން ބުނެފައިވަނީ ކުންފުނީގެ ކާމިޔާބަކީ ކަސްޓަމަރުންގެ އިތުބާރާއި ހިއްސާދާރުންގެ ޔަގީންކަމާއި ހީވާގި މުވައްޒިފުންގެ ބުރަ މަސައްކަތް ކަމަށެވެ.

ހިއްސާ ބަހަން ހަމަޖެހިފައިވަނީ "ބުކް ކްލޯޝާ ޑޭޓް" ގައި ކުންފުނީގެ ރަޖިސްޓްރީގައި ލިސްޓުކުރެވިފައިވާ ހިއްސާދާރުންނަށެވެ. މިދިޔަ އަހަރުގެ ހިއްސާގެ ފައިދާއާއެކު ޖުމުލަ 3.9 ބިލިއަން ރުފިޔާ ހިއްސާދާރުންނަށް ބެހިގެން ދާނެއެވެ.