ބެންކް އޮފް މޯލްޑިވްސް އިން ރާއްޖޭގައި ހިންގާ މުޖުތަމައަށް ފައިދާހުރި ޖަމިއްޔާތަކަށް އެހީތެރިވެދިނުމަށް ބާއްވާ "ސްޓާފް ޗެރިޓީ ރަން" މިއަދު ބާއްވައިފިއެވެ.
މިއަދު ހެނދުނު މާލޭގެ ހެޑް އޮފީސް ކުރިމަތިން ފެށި މިދުވުމުގައި ބޭންކުގެ 250 އަށްވުރެ ގިނަ މުވައްޒިފުން ވަނީ ބައިވެރިވެފައެވެ. ރަސްފަންނު ކައިރިން ނިންމި ރޭހުގެ ނިންމުމުގެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އެންޑްރިއު ހީލީ ވަނީ ބައިވެރިވެ ޖަމިއްޔާތަކާއި ފައިސާ ހަވާލުކުރުމަށް ރަމްޒީ ޗެކް އަރުވާފައެވެ.
ފައިސާގެ އެހީ ފޯރުކޮށްދީފައިވާ ޖަމިއްޔާ ތަކަކީ މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ބްލައިންޑް އެންޑް ވިޒުއަލީ އިމްޕެއަރޑް ސޮސައިޓީ އަދި މެންޓަލް ހެލްތު އެވެއަރނަސް ފައުންޑޭޝަންއެވެ. މިއިން ކޮންމެ ޖަމިއްޔާއަކަށް ވަނީ 30,000 ރުފިޔާ ހަދިޔާކޮށްފައެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދާ "އަހަރެންގެ ބޭންކް" ކެމްޕެއިނުގެ ދަށުން ދިވެހި ރައްޔިތުންނަށް މިފަދަ އެތައް ފައިދާހުރި ގިނަ ކަންތައް ތަކެއް ދަނީ ކުރަމުންނެވެ.