Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

ކަސްޓޯޑިއަލް އިން ފިލި ކުށްވެރިން އަތުލައިގެންފި

ފޮޓޯ: ހުސެއިން ސިނާން

މިދިޔަ ހަފްތާ ތެރޭ މާލޭ ކަސްޓޯޑިއަލްގައި ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ކުށްވެރިންތަކެއް ފިލާފައިވަނިކޮށް ފުލުހުން އެއެންމެން އަތުލައިގެންފައިވާކަން ކަށަވަރުކޮށްދީފިއެވެ.

މިހާތަނަށް ފުލުހުން މިމައްސަލައާ ބެހޭގޮތުން އާންމުކުރި މައުލޫމާތަކީ އެހުރިހާ އެންމެން ހޯދައި، މައްސަލައިގެ ތަހުގީގު ފަށައިފައިވާ ކަމެވެ. ޓުވީޓަކުން ފުލުހުން މިކަން އަންގާފައިވާއިރު އިތުރު އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

ފިލާފައިވަނީ ކިތައް މީހުން ކަމެއް ނުވަތަ ފިލީ ކިހިނެއް ކަމެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. 24 ގަޑިއިރު ފުލުހުން ބަލަހައްޓައި ފޯރިމަރަމުންދާ ތަނަކުން މީހުން ފިލާފައިވުމުން އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.