ފްރާންސުގައި ގޭސްފުޅިތައް ބަހައްޓާފައި ހުރިތަނެއްގައި ރޯވެ ފުޅިތައް ގޮވައި މުޅި އެސަރަހައްދު އަނދަމުން ދާކަމަށް ޚަބަރު ލިބިއްޖެއެވެ.
މަންޒަރު ދުށް ފަރާތްތަކުން ބުނެފައިވަނީ އަލީފާންގަނޑަކީ ދުވަހަކުވެސް ނުދެކޭވަރުގެ އަލިފާންގަނޑެއް ކަމަށާއި ބޮޑު ދުމުން ބޮޑު ކޮޅިގަނޑެއް ވަނީ އެތާނގައި އުފެދިފައެވެ. އަދި ގޭސްފުޅިތައް ގޮވާ އަޑުވެސް ވަރަށް ދުރަށް އިވޭ ކަމަށް ޚަބަރު ލިބެއެވެ.
ފްރާންސުގެ ނޫހެއް ކަމަށްވާ ލެ ޕެރިސިއެން އިން ޚަބަރުކޮށްފައި ވާގޮތުން ފުޅިތައް ގޮވަން ފެށީ އެސަރަހައްދުގައި އަލިފާން ރޯވުމުންނެވެ. އަދި އަލިފާންގަނޑު ފެތުރިގެން ދިޔައީ ކައިރިކައިރީގައި ތިބި ފުޅިތަކާއި ހަމައަށް އަލިފާންގަނޑު އައިސް ފުޅިތައް ގޮވަން ފެށުމުންނެވެ.
ALERTE – Plusieurs fortes explosions depuis une vingtaine de minutes dans une usine de stockage de gaz à Jonquières, dans le Vaucluse. pic.twitter.com/4iy1kIEaQO
— Infos Françaises (@InfosFrancaises) February 17, 2017
މި ހާދިސާގައި އެއްވެސް މީހަކު މަރުވެފައިވާ ކަމެއް ނުވަތަ ޒަޚަމްވެފައިވާ ކަމެއް އަދި ނޭނގެއެވެ.