ކޮރަޕްޝަނާއި ރިޝްވަތުގެ ކުށް ސާބިތުވެ ސެމްސަންގ ކުންފުނީގެ ވައިސް ޗެޔާމަން ޖޭ ލީ ޖަލަށް ލައިފިއެވެ.
ދެކުނު ކޮރެއާގެ އެންމެ މުއްސަނދި އާއިލާގެ ދަރިއަކަށް ޖޭ ލީ ވެފައިވިނަމަވެސް މިއަދު އޭނާ އޮތީ ކުޑަ ކުޑަ ގޮޅިއެއްގައި ބިންމަތީގައި ނިދައި ކަނުގައި ހުރި ފާޚާނާއެއް ބޭނުން ކުރަމުންނެވެ.
އިއްޔެގެ ވަގުތެއްގައި ލީ ހައްޔަރުކުރުމަށް ކޯޓުން އަމުރު ނެރެފައިވަނީ ކޮރަޕްޝަނުގެ އަމަލެއް އޭނާގެ މައްޗަށް ސާބިތުވެ ކޮރެއާގެ ރައީސާ ގެއުން ހައި މަގާމުން ސަސްޕެންޑު ކުރުމާއި ލީ އާއި ގުޅިފައިވާތީ ކަމަށް ޚަބަރު ލިބިފައިވެއެވެ.
އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކަށް ލީ އިންކާރު ކުރި ނަމަވެސް އަދިވެސް ލީ އޮތީ ޖަލުގައެވެ. އެހެން ގައިދީންނާއި އެކަހެރި ގޮޅިއެއްގައި ލީ ބޭއްވި ނަމަވެސް އޭނާއަށް ވެސް ލިބިފައިވަނީ އެހެން ގައިދީންނަށްވެސް ލިބޭ ޚިދުމަތް ތަކެވެ.
މިމައްސަލައިގައި ހިމެނޭ އިތުރު ފަރާތްތަކާއި މުއާމަލާތުކުރުމުން އެކަހެރި ކުރުމަށް ލީ އެކަނި ގޮޅިއެއްގައި ބޭއްވީ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އޭނާގެ ނަމުގައި 5.2 ބިލިއަން އެމެރިކާ ޑޮލަރު ހުރި ޖޭ ލީ ދިރިއުޅެނީ އޭނާގެ ދެ ކުދިންނާއި އެކު 4 މިލިއަން ޑޮލަރުގެ ގަނޑުވަރެއްގައެވެ.