Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ކޮންޓެކްޓް ސެންޓަރާއި އޭޓީއެމްތައް ހުޅުވަން ބީއެމްއެލްގެ އިސްވެރިން އައްޑު އަށް

ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން އައްޑޫގައި ޤާއިމްކޮށްފައިވާ ކޮންޓެކްޓް ސެންޓަރާއި އޭޓީއެމްތައް ރަސްމީކޮށް ހުޅުވުމަށް އެ ކުންފުނީގެ އިސްވެރިންތަކެއް މިއަދު އައްޑޫއަށް ވަޑައިގަންނަވާނެއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ އާއި ބެންކުގެ އިސްވެރިންތަކެއް އައްޑޫއަށް ވަޑައިގަންނަވާނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

ހިތަދޫގައި ހުންނަ ދިރާގުގެ މައި އޮފީސް ހިންގާ އިމާރާތުގައި ޤާއިމްކޮށްފައިވާ ކޮންޓެކްޓް ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ފަހު 1 ޖަހާއިރުއެވެ.