Last Updated: June 27, 11:53
Saturday, June 27, 2026
ކުޅިވަރު

ސިޓީއަށް ހަޑަސްފީލްޑް ވެސް ބަލިނުކުރެވުނު

އިނގިރޭސި ދެވަނަ ޑިވިޝަނުގެ ކުލަބެއް ކަމަށްވާ ހަޑާސްފީލްޑް ޓައުން ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީ އެފްއޭ ކަޕުގެ ފަސްވަނަ ރައުންޑުގައި މޮޅުވިޔަ ނުދީ ހިފަހައްޓާލައިފިއެވެ.

މިސީޒަނުގައި ސިޓީ އިން އެންމެ ދަށް ކުޅުމެއް ފެނިގެންދާ ކީޕަރު ބްރާވޯ ވަނީ ރޭގައި މުހިއްމު ސޭވްތަކެއް ކޮށް ލަދުވެތި ބައްޔަކުން ޓީމު ސަލާމަތް ކޮށްދީފައެވެ.

މުޅި މެޗުގައިވެސް ސިޓީ މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް ހަޑަލްސްފީލްޑުގެ ގޯލު ކީޕަރު ބަލިކޮށް ސިޓީ ކުޅުންތެރިޔަކަށް ގޯލެއް ޖެހިފައިނުވެއެވެ.

އިތުބާރު ފޯވާޑް ސާޖިއޯ އަގުއޭރޯއަށް ރޭގެ މެޗުގައިވެސް ގޯލެއް ނުޖެހި އޭނާގެ ކުރިމަގު އިތުރު ސުވާލުމާކެއްގެ ތެރެއަށް ވެއްޓިގެން ގޮސްފައިވެއެވެ. ސިޓީ އިން މިމެޗު 0-0 އިން އެއްވަރުވުމާއި ގުޅިގެން ރިޕްލޭ މެޗެއް ކުޅެން ޖެހޭނެއެވެ. މިމެޗު އޮންނާނީ ސިޓީ ދަނޑުގައެވެ.

ކަޕުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު ލެސްޓާ ސިޓީގެ މައްޗަށް މިލްވޯލް ކުރި ހޯދައި ލެސްޓާއަށް އަނެއްކާވެސް ހިތްދަތިކަމެއް ކުރިމަތި ކުރުވައިފިއެވެ. 0-1 އިން މިލްވޯލް މެޗު ކާމިޔާބުކޮށްފައިވާއިރު ލެސްޓާ ކުޅުންތެރިންނަށް އަދިވެސް 2017 ވަނަ އަހަރުގައި ގޯލެއް ޖެހިފައިނުވެއެވެ.

ޗެލްސީ އާއި ވޫލްވްސް ބައްދަލު ކުރި މެޗު ޗެލްސީ ވަނީ 0-2 އިން ކާމިޔާބުކޮށްފައެވެ. 65 ވަނަ މިނެޓުގައި ޕެޑްރޯ ފުރަތަމަ ގޯލު ޖެހިއިރު 89 ވަނަ މިނެޓުގައި ލީޑު ފުޅާކުރީ ކޮސްޓާއެވެ.

ރޭ ބާންލީ އާއި ލިންކޮން ބައްދަލުކުރި މެޗު ލިންކަން މޮޅުވެ 110 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް އިނގިރޭސި ލީގެއްގައި ނެތް ޓީމެއް މުބާރާތުގެ ކުއާޓާއަަށް ވަނީ ގޮސްފައެވެ.