Last Updated: July 27, 18:03
Monday, July 27, 2026
ވިޔަފާރި

ބީއެމްއެލް ކޮންޓެކްޓް ސެންޓަރު ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ ކޮންޓެކްޓް ސެންޓަރ އައްޑޫގައި ހުޅުވައިފިއެވެ.

ހިތަދޫގައި ހުންނަ ދިރާގު އިމާރާތުގައި ގާއިމްކޮށްފައިވާ ކޮންޓެކްޓް ސެންޓަރ ހުޅުވައި ދެއްވީ، ބީއެމްއެލްގެ ސީއީއޯ އެންޑްރޫ އެވެ.

ކޮންޓެކްޓް ސެންޓަރ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިޤް(ސޯބެ) އާއި އައްޑޫގައި ހުންނަ ސަރުކާރުގެ އޮފީސްތަކުގެ ވެރިންނާއި ބައެއް ވިޔަފާރިވެރިންނާއި ބީއެމްއެލްގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

މިއަދު ކޮންޓެކްޓް ސެންޓަރ ނަމުގައި ރަސްމީކޮށް ހުޅުވި ނަމަވެސް 2011 ވަނަ އަހަރުން ފެށިގެން ބީއެމްއެލް އިން ވަނީ އައްޑޫގައި ކޯލް ސެންޓަރެއް ޤާއިމްކޮށްފައެވެ.