Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

ވޯޓުލާތަން ބަދަލުވާ ނަމަ ރަޖިސްޓްރީވާން ހުޅުވާލައިފި

ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލާން، ވޯޓުލާތަން ބަދަލުވެފައިވާ މީހުނަށް ރީރަޖިސްޓަރީ ވުމަށް އަންނަ މަހުގެ 2 ވަނަ ދުވަހާއި ހަމައަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލައިފިއެވެ.

ތިން ފަހަރެއްގެ މަތިން ވޯޓުލާ ދުވަސް ބަދަލުވެފައިވާއިރު މިހާރު ވޯޓުލުމަށް ހަމަޖެހިފައިވަނީ އެޕްރީލް 15 ވަނަ ދުވަހުގައެވެ.

ރީރަޖިސްޓަރީ ވުމަށް އިލެކްޝަންސް ކޮމިޝަނުން ހުށައަޅާފައިވާއިރު އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލުމަށްވެސް އިލެކްޝަންސް އިން ވަނީ މުއްދަތު އިތުރުކޮށްފައެވެ.

އަދި ވޯޓުލާއިރު މޮނީޓަރުންނާއި އޮބްސާވަރުން ރަޖިސްޓަރީ ވުމަށްވެސް އަނެއްކާވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ދެފަހަރު މަތިން އިންތިޚާބު ފަސްކޮށްފައިވާއިރު ފުރަތަމަ ފަހަރަށް ފަސްކޮށްފައިވަނީ ޕީޕީއެމް އިން ކޯޓުގައި އެދިގެންނެވެ. އެޕްރިލް 8 އަށް ފަސްކުރި އިންތިޚާބު އިލެކްޝަންސް ކޮމިޝަނުން އެޕްރިލް 15 އަށް ފަސްކޮށްފައިވަނީ އިންތިޚާބު އެދުވަހު ބޭއްވުމުން ސްކޫލްތައް ލިބުމުގައި ދަތިތައް ކުރިމަތި ވުމުންނެވެ.